ހަބަރު

ވަޅި ޖެހި ކަމަށް ހޮސްޕިޓަލަށް ކުރީ ދޮގު ރިޕޯޓެއް

ހުޅުމާލޭގައި މިރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމަށް ބުނެ ހުޅުމާލެ ހޮސްޕިޓަލަށް ކުރީ ދޮގު ރިޕޯޓެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މިޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވީ، ހުޅުމާލެ ހާފްވޭ ހައުސް ކައިރީގައި ވަޅި ހަރައި މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓްކޮށްގެން އެމްބިއުލާންސް ފޮނުވި ކަމަށެވެ. ނަމަވެސް އެއީ ދޮގު ރިޕޯޓެއް ކަމުން އެމްބިއުލާންސް މހާޜު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

އާސިޔާ ވިދާޅުވީ، މިފަދަ ސީރިއަސް ކަންކަމުގައި ދޮގު ރިޕޯޓް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހާފްވޭ ހައުސް ކައިރީގައި މީގެ ކުރިން ވެސް މާރާމާރީއެއް ހިންގައި ޒުވާނަކު މަރާލާފައިވެ އެވެ.