ހަބަރު

ދިއްދޫ ގޮނޑުދޮށުގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހއ. ދިއްދޫ ގޮނޑު ދޮށުގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 9:10 ހާއިރު ދިއްދޫ އިރުމަތީ ފަރާތު ގޮނޑު ދޮށުން 80 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ދިއްދޫ ކައުންސިލުން ބުނީ މަރުވެފައި އޮއްވާ މިއަދު ފެނުނީ ހައްވާ އަލީ ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ ދިރިއުޅެމުން އަންނަނީ ރަށުގެ އެންމެ ދެކުނު ފަރާތުގައި ކަމަށެވެ. ނަމަވެސް އޭނާ މަރުވެފައި އޮއްވާ ފެނުނީ އާންމުގޮތެއްގައި އޭނާ ދާ ސަރަހައްދެއް ނޫން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.