ހަބަރު

ރަސްފަންނު ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި

ރަސްފަންނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު 2:20 ހާއިރު ރަސްފަންނު ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލު ނުވެގެން އެތަނުގައި ހަދާފައި ހުރި ދުވާ ޓްރެކްފެ މައްޗައް އަރާ ފުރޮޅާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ މެކޭނިކަލް ފޯލްޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ޕިކަޕް ފުރޮޅާލާފައިވީ ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ، ފުލުހުން ޕިކަޕު ނަގާ އެ ސަރަހައްދުން ގެންގޮސްފި އެވެ.