ވިޔަފާރި

100 ޕްލަސްގެ އާ ދެ ރަހައެއް: ބެރީ އާއި އެކްޓިވް

Dec 16, 2017

ކުޅިވަރު ތަރިންގެ މެދުގައި އެންމެ މަގުބޫލު އެއް ޑްރިންކް ކަމަށްވާ 100 ޕްލަސްގެ، އާ ދެރަހައެއް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް މިރޭ ނެރެފި އެވެ.

"ކެރޭނެތަ" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ފޯރިގަދަ ހަރަކާތްތަކުގައި ނެރެފައިވަނީ ބެރީ އާއި އެކްޓިވް އެވެ. މި ހަރަކާތުގައި ރަހަ ދެއްކުން ފުޅާކޮށް ކުރިއަށްދިޔައިރު ގިނަ ބަޔަކު ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

މި އިވެންޓުގައި މިއުޒިކްގެ ފޯރިގަދަ އައިޓަމްތަކެއްވެސް ކުރިއަށް ގެންދިޔަ އެވެ. މިގޮތުން މިއުޒިކް ކުޅެފައިވަނީ ސްކައި ރޮކް ބޭންޑާއި ބޮޑުބެރު ބޭންޑް "1438" އެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މި ޑްރިކްގެ އާ ދެރަހަ ނެރެން ބޭއްވި އިވެންޓުގައި ފިޓްނަސްގެ ހަރަކާތް ތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މި ހަރަކާތްތައް ހުށަހަޅައިދިނީ އާއި މާލެ ފިޓްނަސް އަދި ރިވައިވް ފިޓްނަސްގެ އިތުރުން ޓްރެއިން ވިތު ކައި އާއި ހާފްވޭ މޯލްޑިވްސް އެވެ.