ހަބަރު

އޮޔާ ދިޔަ މީހަކު ސަލާމަތް ކޮށްފި

Dec 16, 2017
1

ވިލި މާލެ އާއި ފޭދޫ ފިނޮޅާ ދޭތެރޭ ކަނޑުން އޮޔާ ދިޔަ ޑިންގީ އަކާއި ކަނޑުވެފައި އޮތް މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ ޑިންގީއަކީ ވިލިނގިއްޔާ ފޭދޫ ފިނޮޅާ ދޭތެރޭގައި އޮތް ބޯޓެއްގެ ޑިންގީއެއް ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:05 ހާއިރު އެވެ. އެ ޑިންގީ އޮޔާ ދިޔައީ އޭގެ އިންޖީނު ހުއްޓިގެން ކަމަށެވެ. އެ ޑިންގީގައި ބިދޭސީއަކު އިން ކަަމަށާއި ކަނޑުން ސަލާމަތްކޮށްފައިވަނީވެސް ބިދޭސީއެއް ކަމަށެވެ.

ކަނޑުން ސަލާމަތްކޮށްފައިވާ މީހާއަކީ ޑިންގީ އޮޔާދާން ފެށުމުން ޑިންގީ ސަލާމަތް ކުރަން ފުންމާލި މީހެއް ކަމަށެވެ. ފުލުހުން ބުނީ އެ ދެ މީހުން މިހާރު ޑިންގީ ނިސްބަތްވާ ބޯޓާ ހަވާލުކޮށްފައިވާ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޅ. ހިންވަރުގެ ކުރީގެ ބަނދަރުގައި އޮތް ޑޯލްފިން ނަމަކަށް ކިޔާ ކުޑަ މަސް ދޯންޏެއް ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާ ފުލުހުންނަށް ހުށަހަޅާފައިވަނީ ހެނދުނު 10:50 ހާއިރު އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.