ހަބަރު

ކުރިމިނަލް ކޯޓު ވެސް ރިސެސްސަށް

Dec 17, 2017

އިއްޔެއިން ފެށިގެން ކްރިމިނަލް ކޯޓް ރިސެސްއަށް ހިނގައްޖެ އެވެ.

ކޯޓު ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތިން އިއްޔެއިން ފެށިގެން ރިސެސްއަށް ދިޔައީ މި މަހުގެ ނިޔަލަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓް ރިސެސްއާ ގުޅިގެން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ހިނގާނެ އެވެ.