ހަބަރު

ނައިބު ރައީސް ޖިހާދުގެ މާމަ ނިޔާވެއްޖެ

Dec 17, 2017

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މާމަ، ހައްވާފާނު މިއަދު ނިޔާވެއްޖެ އެވެ. ޖިހާދުގެ މާމަ ނިޔާވިއިރު އެމަނިކުފާނު ހުންނެވީ އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވަޑައިގަތުމަށް ދުބާއީގަ އެވެ.

ނައިބު ރައީސްގެ މާމަ، ހައްވާފާނު، އެތެންސް، ގދ. ތިނަދޫ ނިޔާވެފައިވަނީ އުމުރުން 88 އަހަރުގަ އެވެ. ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ހައްވާފާނުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ، އިސާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

ހައްވާފާނަކީ ނައިބު ރައީސް ޖިހާދުގެ މާމަގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދުގެ ވެސް މާމަ އެވެ.