ވިޔަފާރި

އެމްޓީޑީސީގެ ފުރަތަމަ ކުއާޓާގެ ފައިދާ 45 ޕަސެންޓް އިތުރު ވެއްޖެ

May 2, 2015
1

އެމްޓީޑީސީއަށް ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާ، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު 45 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ސަރުކާރުގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަސް ދުވަހު) ގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 974،168 ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބިފައި ވަނީ 438،522 ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 45 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެމްޓީޑީސީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 3.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބިފައިވަނީ ތިން މިލިއަން ޑޮލަރެވެ.