ހަބަރު

ފުލުސް ވެހިކަލަކަށް ގެއްލުން ދިނުމުން ހަރުކަށި ފިޔަވަޅު އަޅަނީ

ރ. މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެހާދިސާއާ ގުޅިގެން އެރަށުގައި ހާއްސަ ތަހުގީގެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ބުނީ އެފަދަ އަމަލުތައް ފުލުހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށެވެ.

ވެހިކަލަަށް ދީފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްތޯ ދެންނެވުމުން މީޑިއާ އޮފިޝަލް ވިދާޅުވީ މިވަގުތު އިތުރު ތަފުސީލު ހާމަ ކުރެއްވެން ނެތް ކަމަށެވެ.

ފުލުހުންނަަށާއި ފުލުހުންގެ ފުލުހުންގެ މުއައްސަސާގެ މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް ކުރިން ގިނަ ނަމަވެސް މިހާރު އެފަދަ ހާދިސާތައް ރާއްޖޭގައި ވަނީ މަދުވެފައެވެ.