އެމްއެންޑީއެފް

ހާއްސަ އަސްކަރީ ތަމްރީނެއް މާދަމާ ލ. ގައި ފަށަނީ

Dec 22, 2017
4

އެމްއެންޑީއެފުން ލ. އަތޮޅުގައި މާދަމާ ހާއްސަ އަސްކަރީ ތަމްރީނު ތަކެއް ފަށާނެ އެވެ.

އެމްއެންޑީއެފުން ބުނީ މާދަމާއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާ އަސްކަރީ އެ ތަމްރީނުތަކުގައި ކޮންމެ ދުވަހެއްގެ އިރު އޮއްސި 6:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އަށް އެ އަތޮޅުގެ އެއާޕޯޓް ރަށް، ކައްދޫ އާއި މަސް ކާރުހާނާ ހިންގާ މާންދޫ އާއި ތިން އަވަށް ހިމެނޭ ގަމާއި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ކަޅައިދޫ އާއި ގެސްޓްހައުސް ތަރައްގީ ކުރާ ބަރެސްދޫގައި ފްލެއާ އަރުވާނެ ކަމަށެވެ.

އަސްކަރީ މި ހަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރު ކުރާނީ ބިމުން ފެށިގެން މައްޗަށް 300 މީޓަރު ދުރު މިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.