ވިޔަފާރި

އެމްޓީސީސީން ޓްރާންސްޕޯޓް ދާއިރާގައި 26.2 މިލިއަން ރުފިޔާ އިންވެސްޓް ކުރަނީ

 ޓްރާންސްޕޯޓު ދާއިރާ ތަރައްގީ ކުރަން އެމްޓީސީސީން 26.2 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނިކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ޓްރާންސްޕޯޓު ދާއިރާ ތަރައްގީ ކުރުމުގެ ގޮތުން އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށާއި، މި ފަހަރު ކުރާ އިންވެސްޓްމަންޓުގެ ތެރޭގައި ޒަމާނީ އިތުރު ހަތަރު ބަސް ހުޅުވާލެ ބަސް ވިއުގާގައި ބޭނުން ކުރުމަށް ހޯދުމާއި ހުޅުމާލެ ދެ ފެރީ ހޯދުން ހިމެނޭ ކަމަށެވެ.

އެމްޓީސީސީން ވަނީ މާލެ/ ހުޅުމާލޭގެ ޓްރާންސްޕޯޓުގެ ހިދުމަތް ތަރައްގީ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްޓީސީސީ އާއި އެމްޕީއެލް އަދި އެޗްޑީސީ ގުޅިގެން ވަނީ "ޓްރާންސްޕޯޓް ފޯ މޯލްޑިވްސް" ގެ ނަމުގައި ކުންފުންޏެއް ހަދާފަ އެވެ.އެ ކުންފުނިން ވަނީ ހުޅުމާލެއަށް 15 މިނެޓުން ދަތުރު ކުރެވޭ ވަރުގެ ފެރީއެއް ހޯދާފަ އެވެ.