ހަބަރު

ޑިޓިއުން ވެސް ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ބޮޑު މަޝްހޫރު ކަމެއް ހޯދަމުން އަންނަ ޑިޓިއުން ބޭންޑް ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަ ޖައްސައިފި އެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ޑިޓިއުން ރަސްމީކޮށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފުލާއެއްގަ އެވެ. އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. އަދި ޑިޓިއުން ބޭންޑްގެ ލީޑް ވޯކަލިސްޓް ފެޒޫ އެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ މިއުޒިކް އިންޑަސްޓްރީގައި ގާތްގަނޑަކަށް 12 އަހަރު ހޭދަކޮށްފައިވާ ޑިޓިއުން ބޭންޑަކީ އެކުވެރިކަމާއި އެކު މަސައްކަތް ކުރަމުން އަންނަ ބޭންޑެއް ކަމަށެވެެ. އެހެންވެ ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް އެ ބޭންޑް ހަމަ ޖެއްސުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގެ ޒުވާން ފަންނާނުންނަށް ގިނަ ފުރުސަތު ތަކެއް ހޯދައިދީ އެމީހުންގެ ހުނަރުތައް ދިރުވައި އާލާކުރުމަށް ވަރަށް ބޮޑަށް އެހީވާ ކުންފުންޏެކެވެ.