ހަބަރު

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ

ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ މިފެށޭ ޖެނުއަރީ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ކޯނޯ ރާއްޖެއަށް ވަޑައިގަންނަވާނީ ޖެނުއަރީމަހުގެ ހަވަނަ ދުވަހު ކަމަށެވެ. އަދި ބުނީ އޭނާގެ ދަތުރުފުޅުގައި ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ އަރިހަށް އޭނާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަފު އާސިމާ ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ ގައުމެކެވެ. އެގައުމާ ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ މިއަހަރަށް މިވީ 50 އަހަރެވެ.