ހަބަރު

ހޯމަ ދުވަހުން ފެށިގެން ކަރުދާސް ފަސް ރުފިޔާ އުވޭނެ

"ރަން ދިހަ ފަހެއް" ނޫޓު ސިލްސިލާގެ ފަސް ރުފިޔާ ތައާރަފް ކުރުމަށް ފަހު އޭގެ ކުރީގެ ފަސް ރުފިޔާގެ ނޫޓުތައް އަންނަ ހޯމަ ދުވަހު އުވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު މިއަދު ނެރުއްވި ގަރާރުގައި ބުނެފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކުރީގެ ފަސްރުފިޔާ އުވުން ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއިން އެ ނޫޓުތައް ބަދަލު ކޮށްދެމުން ދާނެ ކަމަށެވެ.

ރަންދިހަފަހެއް ސިލްސިލާގެ ނޫޓުތައް ތައާރަފް ކުރީ 2015 ވަނަ އަހަރުއެވެ. އަދި އެ ނޫޓުތައް ބޭނުން ކުރަން ފެށީ މިދިޔަ 2016 ވަނަ އަހަރުގެ މޭމަހު އެވެ.
ރަންދިހަ ފަހެއްގެ ނަމުގައި ޕޮލިމާ ކަރުދާހުގައި ނެރުނު ނޫޓުތަކަކީ ފެންވަރު ރަނގަޅު ނޫޓުތަކަށް ވުމުގެ އިތުރުން އެ ނޫޓުތަކުގެ ވަގު ކޮޕީއެއް ނުހެދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.