ހަބަރު

ތޫނު ހަތިޔާރާއެކު ދެ މީހަކު ހައްޔަރުކޮށްފި

May 3, 2015

ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެއްޗާއި ލަކުޑި ފަތިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރީ ދެ ދިވެހިންނެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ މާފަންނު ބިސްބުރު ކައިރީ ދެ މީހަކު ވަޅިއެއް ހިފައިގެން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގޮސް އެ ސަރަހައްދުފެ ގެއެއްގެ ދޮރުމަތިން މިއަދު ހަވީރު ކަމަށާއި އޭގެ ތެރެއިން އެކަކު އެގޭގެ ދޮރުމަތިން ހައްޔަރު ކުރި އިރު އަނެއް މީހާ ހައްޔަރު ކުރީ އެގޭ ތެރެއިން ބޭރަށް ނުކުންނަނިކޮށް ސުވާލުކުރުމުން ދޮގު މަޢުލޫމާތުދީ އޮޅުވާލަން މަސައްކަތްކުރުމުން ކަމަށެވެ.

އަދި އެ ދެމީހުންގެ ހަށިގަނޑާއި ތިބި ތަން ބަލައިފާސްކުރިއިރު އެގޭ ދޮރުމަތީގައި ހުރި ވަށިގަނޑެއްގެ ތެރެއިން ކަތިވަޅިއަކާއި ވަޅިއެއްގެ އިތުރުން ކޯރާޑިއަކާއި ލަކުޑި ފަތިތަކެއް ފެނުނު ކަމަށް ވެސަް ބުންޏެވެ.