ދުނިޔެ

މުމްބާއީގެ ޝޮޕިން ކޮމްޕްލެކްސްއެއްގައި ރޯވެ 14 މީހުން މަރުވެއްޖެ

އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގެ ޝޮޕިން ކޮމްޕްލެކްސްއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 މީހުން މަރުވެއްޖެއެވެ.

ބީބީސީ ބުނީ މަޝްހޫރު ކަމަަލާ މިލްސްގެ ގޯތިތެރޭގައި ހުރި އިމާރާތުގައި އަލިފާންރޯވީ ރޭ މެންދަމުން އަލިވިތަަނާ ކަމަށެވެ. އަދި ބުނީ އަލިފާން ފުރަތަމަ ރޯވީ ރެސްޓޯރެންޓަކާއި ފިހާރައެއް ހުންނަ، އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ކަމަަށެވެ. އެއަށް ފަހު ބައިގަޑިއެއްހާ އިރުގެ ތެރޭގައި މުޅި އިމާރާތަށް އަލިފާން ފެތުރުނެވެ.

މުމްބާއީ ސިޓީގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނީ މަރުވި މީހުންގެ އިތުރުން ޒަހަމްވީ ހަމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ހާދިސާގައި އިމާރާތަށް ލިބުނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި ނޭނގެއެވެ؛