ވިޔަފާރި

ރާއްޖޭގެ ރަސްމީ ރިޒާވް 16 ޕަސެންޓް އިތުރު ވެއްޖެ

މި އަހަރުގެ ފެބްރުއަރީ މަހާއި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވް 16 ޕަސެންޓް އިތުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު އާއްމުކުރާ "އިގްތިސާދީ ރިވިއުގަ" ގައި ވާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 636.9 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 132.1 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި 636.9 މިލިއަން ޑޮލަރު ފުދެނީ 3.8 މަހުގެ އިމްޕޯޓަށެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަދު ވަނީ މަހުން މަހަށް ބަލާއިރު ދަށަށް ގޮސްފަ އެވެ. މިއީމަހުން މަހަށް ބަލާއިރު ވަނީ 11 ޕަސެންޓް ދަށްވުމެކެވެ. އަދި މިއީ އަހަރުން އަހަރަށް ބަލާއިރު އެއް ޕަސެންޓުގެ ދަށްވުމެކެވެ.