ހަބަރު

ގޭންގުތައް ގެންގުޅެނީ އިދިކޮޅު ޕާޓީތައް: އަބްދުއް ރަހީމް

May 3, 2015

ގޭންގްތައް ގެންގުޅެނީ ކޮން ބައެއްކަން މިދިޔަ ހުކުރު ދުވަހުގެ ރޭ ސާފުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މި މޭރުމުން ވާހަކަފުޅު ދައްކަވާ ތުހުމަތުތަކެއް ކުރެއްވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫންގެ ކެމްޕޭން ދަތުރު ފެށުމަށް ރައީސް މައުމޫނު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ފެށުމުގެ ކުރިން މިއަދު ރައީސް މައުމޫނާއެކު ނޫސްވެރިންނާ ބައްދަލުކޮށެވެ.

އަބްދުއްރަހީމް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ މުޒާހަރާގެ ތެެރޭގައި ފުލުހަކަށް ކުރި އަނިޔާކުރި މަންޒަރު އެންމެނަށް ފެނުނު ކަމަށާއި ގޭންގުތައް ގެންގުޅެނީ ޕީޕީއެމުން ކަމަށް ތުހުމަތު ކުރާ އެ ރޭގެ އަމަލުން ގޭންގްތައް ގެންގުޅެނީ އެމްޑީޕީީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީންކަން އެނގުނު ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާގައި ސަލާމަތީ ބާރުތައް ހަވަަރަށް ދިން މަންޒަރު ސާފުކޮށް ރައްޔިތުންނަށް ފެނުނު ކަމަށެވެ.