ހަބަރު

މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިބި އަދާލަތުގެ މެމްބަރުން އިސްތިއުފާ ދޭން އަންގަން ނިންމައިފި

May 3, 2015
2

މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް އެންގުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ދެންމެ ކުރި ޓްވީޓެއްގައިވަނީ އެގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން މިނިސްޓަރަކަށް ހުންނެވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެކަންޏެވެ. ނަމަވެސް އޭނާ ވަނީ އަދާލަތު ޕާޓީން އިދިކޮޅު އެމްޑީޕީއާ ގުޅިގެން ހިންގާ ހަރަކާތްތަކަށް ފާޅުގައި ފާޑު ވިދާޅުވެފަ އެވެ.