އެމްއެންޑީއެފް

63 ވަނަ ބުރުގެ ސިފައިން ހުވާކޮށްފި

Jan 4, 2018

ސިފައިންގެ 63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފައިން ހުވާކޮށްފި އެވެ. ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ހުވާގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

އަސާސީ ތަމްރީން ކޯހުގެ ސިފައިން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ، ފަނޑިޔާރު އަބްދުﷲ ޢަލީއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.