ހަބަރު

ނޫސްވެރިކަމަށް ހިދުމަތް ކުރުމުގެ ޝަފުވެރިކަމުގެ އެވޯޑް ޑރ. ޒާހިރަށް  

May 3, 2015
1

ނޫސްވެރިކަމަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފަރާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ޝަރަފުވެރި ކަމުގެ އެވޯޑް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް މިރޭ އަރުވައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލާކަން ވެސް ކުރައްވާ ޑރ. ޒާހިރާ އެވޯޑް ހަވާލުކޮށް ދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

މިރޭގެ ހަފުލާގައި ޑރ. ޒާހިރު ހަވީރު ނޫހުގެ ޗެއާމަންގެ ގޮތުގައި ހުންނަވައިގެން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އަށާއި އޭގެ ކުރިން ވެސް ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ ގިނަ ގުނަ މަސައްކަތްތަކަށް ބަލާލާފައިވާ ހާއްސަ ރިޕޯޓެއް ވެސް ގެނެސްދީފައި ވެއެވެ. 

ޑރ. ޒާހިރުގެ އަގު ހުރި ހިދުމަތްތައް ފާހަގަ ކުރައްވާ މިރޭ ރާއްޖޭގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސްވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ތަހުނިޔާ ދަންނަވާފަ އެވެ.