ހަބަރު

ލަންކާގެ މަސްވެރި ދެ ބޯޓަކަށް އެމްއެންޑީއެފް އެހީވެއްޖެ

ރާއްޖެ ސަރަހައްދުން ދަތުރުކުރި ލަންކާގެ މަސްވެރި ދެ ބޯޓެއް ހާލުގައި ޖެހިގެން ރާއްޖޭގެ ކޯސްޓް ގާޑުން އެހީތެރިވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެެންޑީއެފް) އިން މިރޭ ބުނީ ' ލަންކާގެ ދެ މަސް ބޯޓް ފެނުނީ ރާއްޖޭގެ އުތުރުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ( އީއީޒެޑް) އާ ކައިރިން ކަމަށެވެ. އަދި ބުނީ އެ ދެބޯޓް ފެނުނީ ކޯސްޓްގާޑުގެ ހުރަވީ ނަަމަކަށް ކިޔާ އުޅަނދުގައި ހަރަކާތްތެރިވި ސިފައިންނަށް ކަމަަށެވެ.

ދިވެެހި ސިފައިންނަށް އެ ދެބޯޓް ފެނުނު އިރު އޭގެ ތެރެއިން އެއް ބޯޓުގެ އިންޖީނު ހުއްޓިފައިވާ ކަމަށާއި އެ އެބޯޓަށް އެހީތެރިވި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެބޯޓު ފަހުން ދަތުރުކުރީ މަލިކާ ދިމާއިން ބޭރަށެވެ.