ހަބަރު

މަޑުއްވަރީން ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

ރ. މަޑުއްވަރީގައި ޒުވާން އަންހެނަކު ގެއްލިގެން އެރަށު ރައްޔިތުން ނުކުމެ އޭނާ ހޯދަން މަސައްކަތް ފަށައިފިއެވެ.

ރ. މަޑުއްވަރީ ރަށު ކައުންސިލްގެ ރައީސް އަބުދުﷲ އަހުމަދު އަވަސްއަށް ވިދާޅުވީ ގެއްލުނު ޒުވާނާ ހޯދަން ރައްޔިތުންނާއި ފުލުހުން ގުޅިގެން ބަލަމުން އަންނަނީ ރަށު ތެރެ ކަމަށެވެ.

ގެއްލިފައިވަނީ ރ. މަޑުއްވަރީ ކޯދު، އާމިނަތު ޝަބާ( 19އ.) އެވެ.

އޭނާ ހޯދަން މަޑުއްވަރީގެ މޫދު ބަލަމުން ދޭ ތޯ ދެންނެވުމުން އަބުދުﷲ ވިދާޅުވީ އޭނާ ރަށުތެރޭގައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

" އޭނާ ރަށު ތެރޭގައި ހުރި ކަމަށް މައުލޫމާތު ލިބެނީ. އެކުވެރި ކުއްޖެއްގެ ފޯނަށް މެސެޖްވެސް ކުރިކަމަށް އެނގިފައި ވަނީ،" އަބުުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންހެން ކުއްޖާ އުޅެނީ ފިލައިގެން ކަމަށް ބެލެވޭ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ނުލިބިއެވެ.