ވިޔަފާރި

ޕިއްޒާ ބޯނާ ހެޕީ އަވާ: ސަބްމެރިންގެ އަގު ހެޔޮވެއްޖެ

Jan 8, 2018
1

"ޕިއްޒާބޯނާ" ގެ ރަހަ ތަކަކީ ތޯތޯ ރަހަތަކެއް ނޫނެވެ. މީހުން އެ ތަނަށް ދަނީ ހަމަ ރަހަ މީރުވީމަ އެވެ. އެހެންވެ، ޕިއްޒާބޯނާގެ ކަސްޓަމަރުންނަށް އަނެއްކާވެސް މި ވަނީ އިތުރު އުފާވެރި ހަބަރެކެވެ. އެއީ އެތަނުން ތައާރަފުކޮށްފައިވާ ސަބްމެރިންގެ އަގު ހެޔޮކޮށްލުމެވެ. އެކަމަކު މި އަގުގައި ލިބޭނީ ދުވަހުގެ މެންދުރު 12 ގެ ކުރިން އޯޑަރު ދިނުމުންނެވެ.

އާއްމު ގޮތެއްގައި 70ރ. ވަރަށް ދޭ ޕިއްޒާބޯނާ ސަބްމެރިން ހެޕީއަވާ، ހެނދުނު 8:30 އިން މެންދުރު 12:00 އާ ދޭތެރޭ ގުޅުމުން އެންމެ 49ރ. އަށް ލިބޭނެ އެވެ. ސަމްބެރިންއަކާއެކު ކޯކް ފުޅިއެއް ވެސް ލިބޭނެ އެވެ.

ޕިއްޒާބޯނާ ސަމްބެރީނަކީ މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއްޗެކެވެ. މީރު ރަހަތައް ހިމަނައިގެން ތައްޔާރުކުރާ މި ސަމްބެރިން އަށް ގިނަ ބަޔަކު އޯޑަރު ކުރެ އެވެ. އަދި މަޖީދީމަގުގައި ހުންނަ ޕިއްޒާ ބޯނާ އައުޓްލެޓަށް ގިނަ ބަޔަކު މި ސަމްބެރިން ކާންވެސް ދެ އެވެ.

ޕިއްޒާ ބޯނާ އިން "ސްކެއާ ޕިއްޒާ" އެއް ވެސް ތައްޔާރު ކުރެ އެވެ. ޕާޓީތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި ހުރެ އެވެ. އަދި ޕިއްޒާއާއެކު ހިލޭ 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބެ އެވެ. ޕިއްޒާ އާއި ސަމްބެރިންނަށް އޯޑަރު ދިނުމަށް ގުޅާނީ، ނަމްބަރު 3009779 އަށެވެ.

ދެހާސް ދިހަ ވަނަ އަހަރު ވުޖޫދަށް އައި ޕިއްޒާ ބޯނާއިން ދާދިފަހުން ވަނީ މަޖީދީމަގު، ހ. އިރުވައި ގައި ތަނެއް ހުޅުވާފަ އެވެ.