ހަބަރު

ޔާމީންގެ ޝަރީއަތުގެ މިއަދު އަޑުއެހުން ކެންސަލް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ، މެންދުރުފަހު 3:00 އަށެވެ.

ޔާމީން ރަޝީދުގެ ޝަރީއަތުގެ މިއަދު އަޑުއެހުން ކެންސަލްވި ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް އޭގެ ސަބަބެއް ނުބެނެ އެވެ.

އެ މައްސަލާގެ މިހާރު ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށް ގެންދަންޖެހޭ އިބްތިދާއީ އަޑުއެހުންތަކެވެ. އެ ބައި ކުރިއަށް ގެންދަނީ ސިއްރުންނެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.

މި ދައުވާ ކުރަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ޔާމީން މާރާލާފައި އޮއްވާ ފެނުނީ މ. ސްޕެޓޫލާގެ ސިޑި ކައިރިން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.