ހަބަރު

ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާއިން ބައެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

May 4, 2015

ގދ. ގައްދޫ ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާއިން ބައެއް ހޯދައި ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިއަ ހޮނިހިރު ދުވަހު ގައްދޫ ގެއަކުން 21300ރ. ވަގަށް ނެގުމުގެ ތުހުމަތަށް ދެމީހުން ހައްޔަރު ކުރީ އެ ރަށުގެ ފިހާރައެއްގެ ތެރޭގައި އުޅެނިކޮށް ކަމަށާއި އެގެއިން ވަގަށް ނަގާފައިވާ ފައިސާއިން 17000ރ. އަށް ވުރެ ގިނަ ފައިސާ ހޯނު އިރު އެ ފައިސާތައް ފެނުނީ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ގެއިންނާއި ދެވަނަ މީހާގެ ޖީބުން ކަމަށެވެ. ބައެއް ފައިސާ ހޯދީ އެކެއްގެ ގޭގެ ދޮންނަ މެޝިން ތެރެއިންނެވެ.

މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މި ދެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ކޯޓުން ދީފައެވެ.