chattelegramwhatsappviber google-plus twitter facebook

ރިޔާސީ އިންތިހާބު 2018

އިދިކޮޅުން ނަތީޖާ ނެރޭނީ ބޭރުގެ ޕްރެޝަރުގައިތަ؟

ކުރިޔަށް ކައިރީގައި ރިޔާސީ އިންތިހާބު އޮތް އިރު އެ އިންތިހާބުގައި ވާދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ވަގުތެއް އެހާ ވަގުތެއް ދެން ނެތެވެ. ފޯރީގައި ރިޔާސީ ކެންޑިޑޭޓުން ކެމްޕެއިނެއް ކުރުމުގެ ބަދަލުގައި އަދި ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. އެކަން އެންމެ ބޮޑަށް ފެންނަނީ އިދިކޮޅު ފަރާތްތަކުގެ ތެރެއިންނެވެ. އިދިކޮޅު ހަތަރު ލީޑަރުން އަދިވެސް ތިއްބެވީ މޭޒު ދޮށުގައި ކެންޑިޑޭޓަކާމެދުގަ އާއި ރަނިން މޭޓުންނާ މެދު މަޝްވަރާށެވެ. މިދިއަ ހަތަރު އަހަރު ތެރޭ ސިޔާސީ ކުޅިބައިން ރައީސް ޔާމީން ސައިކޮށްލެވޭ ގޮތް ނުވުމުން އެންމެ ފަހުގެ ކަމަކަށް އޮތީ އިންތިހާބުގައި ވޯޓުން ރައީސް ޔާމީން ބަލި ކުރެވޭނެ ހިސާބުތަކެއް ޖަހައިގެން ފޯމިއުލާތަކެއް ހޯދުމެވެ. ހަތަރު ލީޑަރުންގެ ފިކުރު އެއްގޮތްކޮށްގެން ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރެވޭނެ ގޮތްތަކެއް ހޯދޭތޯ ބަލަނީ އެވެ.

މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ކުރިޔަށް ދިޔަ އިރު ހަތަރު ލީޑަރުންގެ ފަރާތުން ވަނީ ވިސްނުމުގައި ގެންގުޅޭ ކަންކަން ލިޔުމުން ހުށަހަޅާފަ އެވެ. އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެ، ހަތަރު ލީޑަރުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތާމެދު ތަފާތު ހިޔާލުތައް ފާޅު ކުރަމުން ދިޔަ ނަމަވެސް، އެ ލިޔުންތަކުގެ މައްޗައް ބިނާކޮށް އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާ ކޮމިޓީގެ ޗެއާ، އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވަނީ އެއްބަސް ނުވެވޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

އެހެން އިބޫ ވިދާޅުވި ނަމަވެސް ހަތަރު ލީޑަރުންގެ ފިކުރުހިމެނޭ އެއް ކެންޑިޑޭޓަކު ނެރޭނީ ކިހިނެތްތޯ އާއި އެފަދަ ކެނޑިޑޭޓަކު ނެރެގެން ވެސް އިންތިހާބު ކާމިޔާބު ކުރަން އެކަށީގެންވާ ވަގުތު އެބައޮތްތޯ ސުވާލު އުފައްދަން ޖެހެ އެވެ. އެ ސުވާލު އަންނަނީ ކުރިޔަށް އޮތް ހަ މަސް ތެރޭގައި އެ ދެ މަސަައްކަތް ނިންމޭނީ ކިހިނެތްތޯ ބެލުމުގެ ކުރިން، އިދިކޮޅު މަޝްވަރާތަކުން މިހާތަނަށް ތިލަވެފައިވާ ވާހަކަތަކުން ފެންނަ ކަންކަމުގެ ސަބަބުންނެވެ.

އެއް ކެނޑިޑޭޓުގެ ނެރުމާމެދު ރައީސް މައުމޫން އަދިވެސް ހުންނެވީ ކޮން ސްޓޭޑެއްގައި ކަމެއް ހާމައެއް ނުކުރައްވަ އެވެ. ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމާ ބެހޭ ގޮތުން ގަވައިދުން ޓްވީޓު ކުރައްވަމުން ގެންދަވާ ރައީސް މައުމޫން އެއް ކެނޑިޑޭޓުގެ މައްސަލާގައި ހުންނެވީ ހިމޭނުންނެވެ. އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ އެވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން --- އަހުމަދު ޝުރާއު | އަވަސް

ދެން އޮތީ އިދިކޮޅު އިއްތިހާދުގެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖޭޕީ އެވެ. އެ ދެ ޕާޓީ އުންމީދާއެކު އޮތީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކުރިމަތިލެވޭނެ ކަމަށް ބަލައިގެނެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކޮށް، އެމަނިކުފާނު ބަލި ކުރަން އެންމެ ފަސޭހަ ވާނީ އެ ދެ ބޭފުޅުން ކުރިޔަށް ނެރެގެން ކަމަށް އެ ދެ ޕާޓީން ވެސް ދެކެ އެވެ. ނަމަވެސް އެ ހުވަފެން ގާނޫނީ ގޮތުން ހަގީގަކަށް ވާނެ ގޮތެއް ނުފެނެ އެވެ. ގާނޫނުއަސާސީ ބުނާ ޝަރުތު ދެބޭފުޅުންނަކަށް ވެސް އަދި އޮތް ގޮތުން ހަމައެއް ނުވެއެވެ.

އެހެން ނަމަވެސް ނަޝީދާއި ގާސިމް ނެރޭ ވާހަކަ ދައްކާ ސަބަބެއް އޮންނާނެ އެވެ. އެ ހިސާބު ހަދާ ގޮތެއް އަދި ތިލަވެފައި ނެތަސް އޮންނާނެ އެވެ.

އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ރައީސް ނަޝީދާއި ގާސިމް މިނިވަން ކުރުމަށް އޮތް ހަމައެކަނި މަގަކީ ސަރުކާރު ޕްރެޝަރަށް ވައްޓާލުމެވެ. އެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިޔަށްދާ އިރު މަޑުކޮށްލައިގެން ތިބީ ބޭރުގެ ޕާޓްނަރުން ދޭ އިޝާރާތަކަށެވެ. އެގޮތުން އީޔޫގެ ވަފުދު ރައްޖެ އައުމުގެ ބޭނުމަކީ ވެސް ޖަލު ހުކުމް އައިސްފައި ތިބި އިދިކޮޅު ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ސަރުކާރާ މަޝްވަރާ ކުރުމެވެ. އަދި ދާދި ފަހުން ޖަޕާނުގެ ހާރިޖީ ވަޒީރު ވެސް ރާއްޖެ ވަޑައިގަތީ ވެސް އެ މައްސަލާގައި ރައީސް ޔާމީނާ ބައްދަލު ކުރެއްވުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޖަޕާނުގެ ހާރިޖީ ވަޒީރު ވަޑައިގަތުމުން ވެސް ތަރައްގީގެ ވާހަކަތަކާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ވާހަކަތައް ރައީސް އޮފީހުން ފެތުރިތަން، ނަމަވެސް އެއީ ތެދު ވާހަކައެއް ނޫން. ތަރައްގީގެ ވާހަކަ އެ ދެއްކީ ހަގީގަތް ފޮރުވަން ހާރިޖީ ވަޒީރު ވަޑައިގަތީ ސީދާ ސިޔާސީ މަސްހަރު ހަމަޖައްސައި އިދިކޮޅު ލީޑަރުން ބައިވެިރެވޭ ގޮތަށް އިންތިހާބެއް ބޭއްވަން ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރައީސް ޔާމީންގެ ސަރުކާރަށް މިހާތަނަށް ބޭރުން ނާއި އެތެރެއިން ކުރިމަތިކުރިވި ޕްރެޝަރުގެ އިތުރު ޕްރެޝަރަކީ ކޮބައި ހެއްޔެވެ؟ އަދި ޖަޕާނުގެ ހާރިޖީ ވަޒީރަށް އޭނާގެ ގައުމުގައި ހުންނަވައިގެން ވެސް ލީޑަރުންނަށް ބައިވެރިވެވޭ އިންތިހާބަކަށް ގޮވާލެވިދާނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ | ވީނިއުސް

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިވެވެން ޖެހޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅާނެ ކަމަށް އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އދ.ގެ އެޗްއާރް ކޮމިޓީގެ ނިންމުންތަކަށް ތަބާވާނެ ކަމަށް ސެޕްޓެމްބަރު 19، 2006 ގައި ރާއްޖެ ވަނީ ސޮއިކޮށް އިގުރާރުވެފަ އެވެ. އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވެން ޖެހޭ ކަމަށް އެ ކޮމިޓީން މި އަހަރުގެ ތެރޭގައި ކަނޑައަޅާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފަހަރުގައި އެގޮތަށް ކަނޑައެޅުމަކީ ވެގެން ހިނގައިދާނެ ކަމެވެ. އެކަމަކު އެފަދަ ނިންމުމަކާ ރާއްޖޭގެ ގާނޫނުއަސާސީއާ ބައްދަލުވާ ގޮތެއް އަދިއެއް ނެތެވެ. އެކަން އެގޮތަށް ކުރަން ރައީސް ޔާމީން ތަން ދެއްވާނެ ކަމަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.

ރައީސް ނަޝީދު އިންތިހާބުގައި ބައިވެރި ކުރުވަން ބޭރުގެ އެހީ ބޭނުން ކުރަން އިދިކޮޅުން މަސައްކަތް ކުރާއިރު ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު 2008 ވަނަ އަހަރުގައި ވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. އެ ފަހަރު ވެސް ހުކުމަކާ ގުޅިގެން ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ދޮރު އޮތީ ބަންދުވެފަ އެވެ. ނަމަވެސް ފަހު ވަގުތު ބޭރުގެ އެތަށް ޕްރެޝާތަކާއެކު އެ މަނިކުފާނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބި އެ އިންތިހާބު ކާމިޔާބު ވެސް ކުރެއްވި އެވެ.

އެހެންކަމުން މި ފަހަރު ވެސް ބޭރުގެ ނުފޫޒާ ހެދި ރައީސް ނަޝީދަށް އެ ފުރުސަތު ދޭން ރައީސް ޔާމީންގެ ސަރުކާރަށް ޖެހިވަޑައިގަންނަވާނެ ހެއްޔެވެ؟ އެ ސުވާލަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލިޑަރު އަހުމަދު ނިހާން ހުސެން މަނިކު ޖަވާބު ދެއްވައެވެ.

ނިހާން ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވުނީ ބޭރުގެ ނުފޫޒާ ހެދިއެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުގައި އޭރު ހުންނެވި ރައީސް މައުމޫން އަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ މަގުތައް އާ ގާނޫން އަސާސީން ބަންދުވެފައި އޮތުމުން ދެފަރާތުގެ ދެމެދު ހެދުނު "ސިއްރު ޑީލް" ތަކަށް ފަހު ރައީސް ނަޝީދަށް ވެސް އަދި މައުމޫނަށް ވެސް އެ ފުރުސަތު ދޭން ނިމިގެން ދިޔައީ އެވެ.

"އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރު، އޭރު ވެސް ރައީސް މައުމޫނަށް ފުރުސަތު ނެތީމަ އެ މަގު ކޮށީ ގާނޫނުގެ ތެރެއިން، ދެން އެ ވާހަކަތައް އޮއްބާލުމަށް ރައީސް ނަޝީދަށް ވެސް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ދިނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން: ނަޝީދަކީ ގައުމުގެ ދުންޝަމަނެއް - އަހުމަދު ޝުރާއު | އަވަސް

ނިހާން ވިދާޅުވި ގޮތުގައި ބޭރުން ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވައިގެން ކޮންމެ ބަޔަކު ސަރުކާރާ މަޝްވަރާ ކުރަން ބޭނުން ވިޔަސް ރާއްޖޭގެ ގާނޫނުތަކުން ލާޒިމް ނުކުރާ ނިންމުމެއް ރައީސް ޔާމީން ނުނިންމަވާނެ އެވެ. އަދި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބަޔަކަށް އިންތިހާބުގައި ވާދަ ކުރާކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވަ އެވެ.

"އަޅުގަނޑުމެން ރައީސްގެ ފަހަތުގައި މިތިބެނީ ވެސް އެމަނިކުފާނަކީ އިދިކޮޅުން ނޫނީ ރާއްޖެއިން ބޭރުން އަންނަ ފިއްތުންތަކަކަށް ގުޑާލާނެ ބޭފުޅަކަށް ނުވާތީ، ރައީސް ޔާމީން އެއަށްވުރެ ވަރުގަދަ ވާނެ، ރައީސް ނަޝީދަށް ވެސް ގާސިމަށް ވެސް ސަރުކާރަށް ޖެއްސުންކޮށްގެނެއް [ޕްރެޝަރުކޮށްގެން] ވެރިކަމަކަށް ނާދެވޭނެ،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅުން ބޭނުންވާ ގޮތަށް ޕްރެޝަރުކޮށްގެން ރައީސް ނަޝީދާއި ގާސިމް މިނިވަން ކުރެވުނަސް އެއް ކަމެއް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. އެއީ ގާނޫނުގައިވާ ގޮތުން މި އަހަރު ޖުލައި މަހުގެ ތެރޭގައި ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރާ އިރު އޮކްޓޯބަރު މަހުގެ ތެރޭގައި އިންތިހަބުގެ ދެ ބުރު ނިންމާލަން ޖެހެ އެވެ.

ނަމަވެސް އެމްޑީޕީގެ އާ އަހަރުގެ މަގުޗާޓުގައިވާ ގޮތުން އިދިކޮޅު ކެނޑިޑޭޓަކު އިއުލާންކޮށް ކެމްޕެއިން ފަށަނީ މި އަހަރު މޭ މަހުގެ ތެރޭގަ އެވެ. އޭރުން ރައީސް ނަޝީދު ނޫނީ ގާސިމް ނުވަތަ ތިން ވަނަ ކެނޑިޑޭޓަކަށް ދާން ޖެހުނަސް ކެމްޕެއިނަށް ލިބޭނީ އެންމެ ހަތަރު މަހެވެ. މިއީ އެކަށީގެންވާ ވަގުތަކަށް ނުވާނެ އެވެ. ވީމާ އިބޫ ވިދާޅުވިހެން އެއް ކެނޑިޑޭޓުގެ މައްސަލާގަައި އެއްބަސް ނުވެވޭ ވަރުގެ ކަމެއް ނެތް ނަމަ ކެމްޕެއިން ފަށަން އެހާ ދުވަސް ހޭދަ ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި އެއް ކެނޑިޑޭޓަކު ހޮވުމަށް މިހާރު ކުރަމުން އަންނަ މަޝްވަރާތަކުން ގޮތްތަކެއް ކަނޑައެޅި، އެއްބަސްވުމަކަށް އާދެވުން ނަމަވެސް ކެމްޕެއިން ފަސްކޮށްލަން ޖެހޭ ދެ ސަބަބެއް އެބައޮތެވެ.

މެންބަރު އަލީ ނިޒާރު --

ފުރަތަމަ ކަމަކަށް ރައީސް ނަޝީދާއި ގާސިމް މިނިވަން ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ އިރު މަސައްކަތުގެ ނަތީޖާގެ އިންތިޒާރުގައި މަޑުކޮށްގެން ތިބެން ޖެހެނީ އެވެ. ދެވަނަ ކަމަކަށް އެ ދެ ބޭފުޅުންނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި އިދިކޮޅުން ދެން ނެރޭ ކެނޑިޑޭޓު ޖަލަށްލުމުގެ ފުރުސަތު އެބަ އޮތެވެ. އޭނާ ވިދާޅުވާ ގޮތުގައި މޭ މަހުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ބޭރުގެ އޮބްޒާވަރުންނާއި އެކި ފަރާތްތަކުން ރާއްޖެ ވަޑައިގެން އުޅުއްވާނެ އެވެ. އެ ދުވަސްވަރު އިދިކޮޅު ކެނޑިޑޭޓަކު އިއުލާންކޮށްފި ނަމަ ހައްޔަރު ކުރަން ސަރުކާރަށް އުނދަގޫވާނެ އެވެ.

"ޕީޕީއެމް އިން ކުރަމުން އަންނަ ގޮތަށް ކެނޑިޑޭޓުގެ ފޮޓޯގަނޑު ފަހަތުގައި ޖަހައިގެން އަޅުގަނޑުމެންނަށް އަދި ކެމްޕެއިން ނުކުރެވިދާނެ، ނަމަވެސް މިހާރު ވެސް ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއެކު ކެމްޕެއިން ކުރާ ވަރަށް ވުރެ އިދިކޮޅު ކެމްޕެއިންތައް ފޯރިގަދަ، އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ މީހަކު ނެރެގެން ވެސް ރައީސް ޔާމީން ބަލި ކުރުންކަން ރައްޔިތުންނަށް އެނގޭ، ކޮންމެ މީހަކު ނެރުނަސް ރައީސް ޔާމީންއަކަށް ވޯޓެއް ނުދޭނެ، އެހެންވެ ހަތަރު މަހަކީ އަޅުގަނޑުމެން ކެމްޕެއިން ކުރާކަށް މާ މަދު ދުވަސްކޮޅެއް ނޫން، ކެމްޕެއިންކޮށްގެން ކާމިޔާބު ވެސް ކުރާނަން،" ނިޒާރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އިދިކޮޅު ހަތަރު ލީޑަރުންގެ ވިސްނުން ކިތަންމެ ތަފާތުވި ނަމަވެސް އެކަތިގަނޑަކަށްވެ، އެއް ގްރައުންޑަކަށް ފައިބަން މަޖުބޫރުވަނީ ރައީސް ޔާމީނާ ހަމައިންނެވެ. އެއީ އެ ހަތަރު ލީޑަރުން ވެސް ސިޔާސީ ގޮތުން ހާސިލު ކުރަން ބޭނުންވާ ކަންކަން ނުވެ އޮތީ އެމަނިކުފަނުގެ ސަބަބުން ކަމަށްވާތީ އެވެ. އެހެންވެ ސިޔާސީ ގޮތުން ކުރިޔަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީން ބަލިކޮށްގެނެވެ. ހަތަރު ލީޑަރުންގެ ވިސްނުން ދިމާވާ ހިސާބަކީ އެއީ އެވެ.

ސިޔާސީ ފަރާތްތަކުން އިންތިޒާރުގައި ތިބީ އިދިކޮޅުގެ މަޝްވަރާތަކާއި ރޭވުންތަކުގެ ނަތީޖާއެއް ފެންނާނެ ދުވަހަކަށެވެ. ކޮންމެ ގޮތަކަށް ވެސް ނިމިދާނެ އެވެ. ބަލަމާ ހިނގާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ހަނީބޯ

    ވެރިކަމުގައި ހުރި މީހާގެ ކޮޅަށް ވޯޓްގެ ނަތީޖާ އަބުރާލާނީ ސްޕްރީމްކޯޓް ބޭނުންކޮށްގެންތަ؟

    2
    CLOSE
  • މަހަށްދޭބަލަ

    ރާއްޖޭގެ ސިއްޚީ ދާއިރާ ރޮޓެން ދާއިރާ އަކަށް ހަދާފައި ވަނި ކޮށް އެދާއިރާ ބިއުޓިފުލް ދާއިރާ އަކަށް މިހަދަނީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އެކަނިއޭ އިނގޭތޭ ތަމެންނަށް ދެން. ރަންރީނދޫ ބޮޑޭ މެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.

    9
    1
    CLOSE
  • ބޮޑުބެ

    އިދިކޮޅެ އެބަ އޯތަ ޕްރެޝަރުގައި ނުދެވޭ.

    5
    CLOSE
  • ފެއިލް

    ރައީސް ވަހީދުގެ %5 ސަރުކާރު ގެ ވެރިކަމުން ނުބޭލުނު ބަޔަކު އަދި 'އޮޕޮސިޝަން' އެކޭކިޔަސް އޮޕޮސިސަން އަކައް ނުބެލެވޭނެ. މާފެންވަރު ދައް މީހުން ލައިގެން އަންނިއައް ތިކަމެއް ނުވާނެ.

    9
    CLOSE
  • ބޯގޯބު

    ބަލަގަ ހެއަށް ގޮތެއްވީތޯއެވެ! ޔޫއެން އިންވިއަސް އެހެންބަޔަކަށް ވިއަސް ނަޝީދަށް ކުރިމަތިލެވޭނޭތޯ ނުވަތަ ނޫންތޯއެއް ނުނިންމޭނެއެވެ. ނިންމެންޏަ މޮޅުއިތުރީ ވެރިކަމަށް ނަޝީދު އިސްކޮއްލަ ދިނުމެވެ. އެއިރުން ލައްކަ ލުއި އެތަކެއްގޮތަކުންވީއެވެ. އެހެންޏަ! ކުރިމަތިލެވޭނޭކަމަށް ނިންމާބަޔަކަށް ވަރިަކަމަށް އަންނަންވަނީ އޭނާކަމަށްވެސް ނިންމޭނެތާއެވެ. ކޮހުންތަކާއެވެ!

    10
    CLOSE
  • ދިއެންޑް

    ސިޔާސީ ކަންކަމަށް ވަގުތު ދެއްވަން ޑރ. މައުސޫމް ސަން އައިލެންޑުން ވަކިވެވަޑައިގަތަސް ތަމެންނަށް ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ

    10
    1
    CLOSE
  • ދަވޭ

    މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ކޭބަލް ޗައިނާ ގެ ކުންފުންނަކަށް ދޭން ސްޓެލްކޯ އިން ނިންމި ކަމަށް ޓަކައި މަމެން ވަރަށް އުފާ ކުރަމޭ މަމެން އުއްމީދު ކުރަމޭ ދެން ވަރަށް އަވަހަށް ޗައިނާގެ އިންޑަސްޓްރިއަލް ޕާރކް އެޅުމުގެ އަމަލީ މަސައްކަތް ހުޅުމާލޭ ދޭއް ގައި ފެށޭނެ ކަަމަށް. އަދި ޗައިނާގެ ބޭންކްސް ތަކުން 2 ބިލިއަން ޑޮލަރުގެ ލުއި ލޯން އެހީއެއް ދީގެން މާލެ ސަރަހައްދުގައި 1 މިލިއަން ހައުސިންގް ޔުނިޓްސް އެޅިގެން ދާނެ ކަމަށް.

    7
    1
    CLOSE
  • ސޭކު ނަޑަރު

    400000ދިވެހިންނަށް 1 މިލިއަން ހައުސިންގ ޔުނިޓް؟؟؟ އިން ޔޯ ޑްރީމްސް.. ދިވެހިންނެއް މަޑަކުން ނުތިބޭނެ

    1
    1
    CLOSE
  • އިބުރާހީމް

    ކޮބާތައޭޝިއާގެ މަންޑޭލާ' އިންތިހާބުބޯމަތިވާއިރުވެސް ހަމަ ފިލަންދުވަނީ. ހިއްވަރެއްހުރިއްޔާ އަންނަންވީނުން ރައްޔިތުންގެހައްގުގަ ގޮޅީގައިންދެލާން.

    25
    1
    CLOSE
  • ޙަސަން

    މިހާރު ސިޔާސީ މަސައްކަތަކަށް ވުރެ އަމިއްލަ ނަފްސާ މުދާ ސަކާމަތް ކުރަން އިދިކޮޅު ސިޔާސީ ލީޑަރުންނަށް މި ޖެހެނީ..ވީމާ ސިޓިން ރޫމުގައި އިނދެ ސިޔާސީ ޚަބަރުތައް ބަލާ ކޮމެންޓު ކުރާ މީހުންނަށް ވުރެ މިޙާލަތު ކޮންމެ ގޮތެއް ހަދައިގެން ވސް ބަދަލު ކުރުމަކީ އިދިކޮޅު ލީޑަރުންގެ ޒާތީ އަދި މުޅި ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ބަލަނީ..

    10
    1
    CLOSE
  • ސިދާތާ

    ޔަހޫދީން ބޭނުންވަނީ ނިގައުމުގެ ވެރިކަމަށް ނަޝީދު ގެންނަށް އެގޮތުން އެމީހުންނަށް ކުރެވެން ހުރިކަމެއް ކުރާނެ އަދާލަތު ޕާޓީގެ އެހީއާއި އެކު

    28
    1
    CLOSE
  • އަޑޫ އިބްރާހީމް

    ބޭރުން ޕްރެޝަކޮށްފިއްޔާ އަމުދުން ވޯޓެއް ނުލިބޭނެ.... ބޭރުން ޕްރެޝަރ ކޮށްގެން ވެރިކަން ލިބުނީމަ ކުރެވޭނީ ބޭރުގެ ވެރިކަން. އޭރުންވާނީ ބަލާވެރިކަމަކައް.

    34
    1
    CLOSE
  • އައްޔަ

    މިހާރު ރައްޔިތުންނަށް ޖެހޭބަލާއަށްވުރެ އޭރުންޖެހޭބަލާ ކުޑަވާނެ!

    2
    26
    CLOSE
  • ހަބުލް

    ދުލުން ބަހެއް ބުނާމީހެއްގެ ދޫ ބުރިކޮށްލާ، އިސް އުފުލާލި މީހެއްގެ ލޯ އުފުރާލާ، ފިޔަވަޅެއް އަޅާފި މީހެއްގެ ފައި ބުރިކޮށްލާ ފޮޅުވަތެއް ލިޔުނު މީހެއްގެ އަތް ބުރިކޮށްލާ މީހަކު ސައިކުރުމުގެ ވާހަކަ ދެއްކުން ރީއްޗެއް ނުވާނެއެވެ.

    4
    21
    CLOSE

ފަހުގެ ޚަބަރު