ވިޔަފާރި

މާލޭގައި "ރެޑްވޭވް ކިޗަން" ހުޅުވައިފި

Jan 10, 2018
8
  • ފަސޭހަ ކަމާއެކު އެއްޗިހި ލިބެން ހުރޭ
  • ބަދިގެ އަށް ބޭނުންވާ ގިނަ ސާމާނު ލިބޭ
  • އަގުތައް ހެޔޮ، ފުލްރޭންޖް، މޮޅު ސާމާނު

"ރެޑްވޭވް ކިޗަން" ގެ ނަމުގައި މާލޭގައި އެ ކުންފުނީގެ ނުވަ ވަނަ ފިހާރަ މިއަދު ހުޅުވައިފި އެވެ.

އިސްކަންދަރު ސްކޫލް ފުރަގަސް، ސީރާޒީ މަގުގައި ހުޅުވި މި ފިހާރަ ހާއްސަ ކޮށްފައިވަނީ ބަދިގެ އާއި ހައުސް ހޯލްޑް އައިޓަމްސް ތަކަށެވެ. "ރެޑްވޭވް ކިޗަން" އިން ލިބެން ހުރި ސާމާނުގެ ތެރޭގައި ތެލި ތަށިން ފެށިގެން ޒަމާނީ ބަދިގެ އަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހިމެނެ އެވެ. މި ތަކެތީގެ ތެރޭގައި ކާ ތައްޓާއި ފެންބޯން ބޭނުންކުރާ ބިއްލޫރި ތަށި ސެޓް ވެސް ހިމެނެ އެވެ. މީގެ އިތުރުން ރެޑްވޭވުން އެތެރެކޮށް ވިއްކާ ހާއްސަ ބްރޭންޑެއް ކަމަށްވާ "ލަންޒާ" ގެ އެކި ރޭންޖުތައް ވެސް ބަހައްޓާފައި ވެއެވެ.

ލަންޒާ ރޭންޖުގެ ސާމާނުގެ ތެރޭގައި ތަވާ އާއި އެއާކޯން އަދި އައިސް އަލަމާރި ފަދަ ގިނަ ސާމާނު ހިމެނެ އެވެ.

ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނުވަ ވަނަ ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަކެތި ލިބޭނެ މަގު ފަހިކޮށް ދިނުމެވެ.

"މި ފިހާރައަކީ އެއް ގޮތުން ބުނެވިދާނެ ޑިސްޕްލޭ ކުރާ ތަނެނޭ ވެސް. މިތަނަށް ކަސްޓަމަރު ވަދެ ފަސޭހަ ކަމާއެކު ބޭނުން އެއްޗެއް ނަގާ ލެވޭނެ. އެކި ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ބަލައި ލެވޭނެ. އެއީ މި ފިހާރައިގެ ބޭނުމަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ބުނެވިދާނެ ޑިސްޕްލޭ ކުރާ ތަނެނޭ ވެސް. ކަސްޓަމަރު ވަދެ ފަސޭހަކަމާއެކު ބޭނުން އެއްޗެއް ނަގާ ލެވޭނެ. އެކި ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ބަލައި ލެވޭނެ،
ރެޑްވޭވް އޮފިޝަލް

"ރެޑްވޭވް ކިޗަން" ގައި ބަދިގެ އާއި ގޭތެރެ ފަސޭހަކޮށްދޭ ސާމާނު ލިބެން ހުރިއިރު ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރާ މީހުންނަށް ކަސްރަތު ކުރުމަށް ބޭނުންވާ ސާމާނު ވެސް ލިބެން ހުރެ އެވެ. އެފަދަ ތަކެތީގެ ތެރޭގައި ޓްރެޑްމިލް އާއި އިލެކްޓްރޯނިކް މަސާޖު މެޝިން ފަދަ ސާމާނު ހިމެނެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އާއްމު މުދާ ވިއްކާ ރެޑްވޭވުން ހުޅުމާލޭގައި "ރެޑްވޭވް ސިޓީ މޯލް" ގެ ނަމުގައި 10،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ސުޕަމާޓެއް ހިންގަމުންދެ އެވެ. އަދި ދާދި ފަހުން އެ ކުންފުނިން ވަނީ އިލެކްޓޯނިކް ސާމާނު ވިއްކާ ފިހާރަ އަކާއި އިތުރު ފިހާރައެއް ވެސް ހުޅުވާފަ އެވެ. މީގެ އިތުރުން ރެޑްވޭވުން ދަނީ ވަރަށް އަވަހަށް އިތުރު ފިހާރައެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ.