ވިޔަފާރި

އެސްޓީއޯއަށް މި ކުއާޓާގައި 77.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 77.5 މިލިއަން ރުފިޔާގެ ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާ (ތިން މަހުގެ) ހިސާބުތައް ދައްކާ ގޮތުގައި މި ކުއާޓާގައި އެ ކުންފުންޏަށް 1.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ގޮތުގައި އެ ކުންފުންޏަށް 92.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުގައި މި ކުއާޓާގައި އެ ކުންފުނިން 1.3 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 1.9 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 2.3 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.