chattelegramwhatsappviber google-plus twitter facebook

ރިޔާސީ އިންތިހާބު 2018

އިދިކޮޅުގެ ފުރަތަަމަ މަސައްކަތް އެއް ފަރާތުގައި!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު --

މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރެވެ. ސިޔާސީ ލީޑަރުން އެންމެ ޕީކްގައި "އެކްޓިވް" ވާނެ އަހަރެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަކީ ވަރަށް ތަފާތު އިންތިހާބަކަށް ވާނެތީ ސަރުކާރަށާއި އިދިކޮޅަށް ތާއީދު ކުރާ މީހުން ވެސް މި އަހަރު ކެކި އަރާނެ އެވެ. ނަމަވެސް އަދި ފެނިގެން މިދަނީ ދެ ފަރާތުންމެ ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން ބަހުގެ ހަމަލާ ތަކުން "ވޯމްއަޕް" ކުރަމުންދާ މަންޒަރެއް އެކަންޏެވެ. ސަރުކާރުން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވެސް އަދި އިދިކޮޅު ލީޑަރުންވެސް ރަސްމީ ކެމްޕޭނެއް ފަށާފައެއް ނުވެއެވެ. އެކަމަކު ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ވާދަ ކުރައްވާނެ ކަން މިހާރު އެންމެނަށް ވެސް އެނގެ އެވެ.

އދިކޮޅު ހަތަރު ޕާޓީން މަސައްކަތް ކުރަނީ ކެންޑިޑޭޓެއް ނަގަން ޕްރައިމަރީއެއް ބޭއްވުމަށެވެ. އެއާއެކު ވެސް ޕްރައިމަރީއަކާ ނުލައި އޭގެ ތެރެއިން އެމްޑީޕީ އާއި ޖޭޕީ އިން މިހާރުވެސް ރިޔާސީ ކެނޑިޑޭޓެއް ކަނޑަ އަޅައި ޓިކެޓް ދީފައިވާ މަންޒަރު ފެންނަ ކަމަށް ގިނަ ފަރާތްތަކެއް ބުނެ އެވެ. ކުރީގެ ރައީސް މައުމޫން ހައްދަވާ ގޮތެއް އަދި އެހާ ސާފެއް ނުވެއެވެ.

ރަސްމީ ކެމްޕޭނެއް އަދި ނައި ނަމަވެސް ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް "ސިޔާސީ މައިދާން މުށުތެރެއަށް ލައްވައިގެން" ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އިދިކޮޅުން ރައީސް ޔާމީން ބަލި ކުރަން ދައްކާނެ ކަމަށް މިހާރު ބެލެވިފައިވާ ކެނޑިޑޭޓުންނަކީ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރުމަށް ހުރަސްތަކެއް އޮތް ދެ ބޭފުޅުންނެވެ. އެއީ ވަރަށް ބޮޑު ބަދަލެއް އައިސް ވަރަށް ގިނަ ކަންކަން ފުށުންޖެހިގެން ނޫނީ ވާނެ ކަމެއް ނޫނެވެ. -- އެކަމަކު އެހެން އެކަން ނުވާނެ ކަމަށް ވެސް ބަލައިގެނެއް ނުވާނެ އެވެ. --

އެމްޑީޕީން ނެރޭނެ ކަމަށް މި ފެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހީމެވެ. ނަމަވެސް އެ ބޭފުޅުންނަކީ ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ ބޭފުޅުންނެވެ. އެ ބޭފުޅުން ކުރިމަތިއްލައްވާ ކަމަށް ބުނާއިރު އަދި އިންތިހާބަށް ވަގުތު ކުޑަވެފައިވައިރު އެ ބޭފުޅުންގެ މައްޗަށް އޮތް ގާނޫނީ ހުރަސްތައް ކެނޑިގެން ނުދަނީސް އެ ބޭފުޅުންނަށް ކުރިމަތި ލެއްވޭނެ ކަމަށް ގަބޫލު ކޮށް އެ ފަރާތްތަކަށް ތާއީދު ކުރާ ރައްޔިތުން ތިބެންވީ ހެއްޔެވެ؟

މައިދާނުގައި މިވަގުތު ކޮންމެ ވާހަކައެއް ފެތުރިފައި އޮތަސް ގާނޫނު އަސާސީ ބުނާ ގޮތުން އަދި އެއީ "ހުވަފެނީ ކެންޑިޑޭޓުން" ތަކެކެވެ. އެކަން ބަދަލުވާނެ އެއްވެސް ކަމެއް ހިނގާތަނެއް ވެސް އަދިއެއް ނުފެނެ އެވެ. އެހެން ކަމުން އެފަދަ ކެނޑިޑޭޓުން ތަކެއް ދައްކައިގެން ހިތް ހަމަ ޖައްސާލައިގެން ތިބެވީތޯ މީހުން ސުވާލު ކުރެ އެވެ.

ގައިމުވެސް ބަޔަކު ނިންމާ ގޮތަކަށް ބަަލައިގެން ތިބެ، ގާނޫނީ ބަދަލު ނާންނަނީސް އެއިން އެބޭފުޅަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވި ގޮތުގައި "އެ ބޭފުޅުންނަށް ފުރުސަތު ދިނުމަކީ ގާނޫނީ އިޖުރާއްތާއި ހިލާފުވު" ވުމެވެ.

"ނަޝީދާ އިމްރާނަކީ މިހާރު ވެސް ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ ދެ ބޭފުޅުން އެ ދެ ބޭފުޅުން ކުރެ އެއް ބޭފުޅަކަށްވެސް އަދި ގާސިމް އިބްރާހީމް އަށްވެސް ކުރިމަތި ނުލެވޭނެ ކަން ގާނޫނު އަސާސީގެ މިދަންނަވާ މާއްދާގައި ބަޔާންކޮށްފައިވޭ، އެއީ ރައީސް ކަމަށް ކުރިމަތިލުމަށް ޝަރުތުކޮށްފަ އޮންނަ މާއްދާއެއް،" ނިހާނު ވިދާޅުވި އެވެ.

ނިހާން: - އަހުމަދު ޝުރާއު | އަވަސް

ގާނޫނު އަސާސީ ތަންނުދޭ ގޮތަކަށް ނުވަތަ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ފަރާތަކުން އިންތިހާބަށް ކުރިމަތި ލުމަށް ސަރުކާރުން ފުރުސަތު ނުދޭނެ އެވެ. އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އެ ނަންތައް ވިދާޅުވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ގާނޫނީ އަސާސީން އެއިން އެއްވެސް ބޭފުޅަކަށް ކުރިމަތި ލުމުގެ ޖާގައެއް އަދި ނެތެވެ. ވީމާ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ އެއީ އެވެ.

ނަމަވެސް އިދިކޮޅުން އެކަމަށް ނުބަލައި ހަރު އަޑުން އެ ބޭފުޅުންގެ ނަންތައް ދަނީ ކެނޑި ނޭޅި ގޮވަމުންނެވެ. ފަހު ވަގުތު ސަރުކާރަށް ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ދޭން މަޖުބޫރުވާނެ ކަމަށް ބުނެލައިގެން ތިބެނީ އެވެ.

ރައީސް ނަޝީދު ނެރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. އަދި އިންތިހާބުގައި ނަޝީދަށް ވާދަ ކުރެވޭނެ ކަމުގެ ޔަގީން ކަމަށް ވެސް ދަނީ ބުނަމުންނެވެ. ނަޝީދަށް އިންތިހާބުގައި ކުރިމަތިލެވެން އަންނަނީ ގާނޫނީ ފުރޮޅުމެއްގެ ތެރެއިންނެވެ.

މިހާތަނަށް އާއިރުވެސް ނަޝީދަށް ވާދަކުރެވޭނެ މަގެއް ފަހި ކުރުމަށް އެމްޑީޕީން މާބޮޑު މަސައްކަތް ތަކެއް ކުރަމުންދާ ތަނެއް ނުފެނެ އެވެ. ނުވަތަ އެހެން ކެނޑިޑޭޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަން ބޭނުން ވެގެން އުޅޭ ތަނެއްވެސް ނުފެނެ އެވެ. ފެނިގެން މިދަނީ ބޭރުގެ ޕްރެޝަރަށް ސަރުކާރުން ނަޝީދަށް ފުރުސަތު ދޭނެ ކަމަށް ބަރޯސާވެގެން އަތް އުރާލައިގެން ތިބި މަންޒަރެވެ.

ކުރީގެ ރައީސް ނަޝީދު---

ނަޝީދަށް ފުރުސަތު ދިނުމަށް ސަރުކާރަށް މަޖުބޫރެއް ނުވާނެ އެވެ. އެކަމެއް ނުވެސް ކުރާނެ އެވެ. އދ. ގެ ވޯކިން ގްރޫޕަކުން ނިންމާ ނިންމުމަކީ އދ. ގެ މަޖިލީހުން ނިންމާ ނިންމުމެއް ނޫނެވެ. އދ. ގެ އެކި އެކި ގުނަވަންތައް އެކުވެގެން ގައުމަކުން ނެރެންވީ ކެނޑިޑޭޓެއް އަނގާނެ ކަމަށް ބަލައިގެނެއް ނުވާނެ އެވެ.

"މިވެނި ކެނޑިޑޭޓަކު ކުރިމަތި ނުލައިފިނަމަ އިންތިހާބު ނުބޭއްވެނެ ކަމަށްބުނެ އދ. އަކުން ނާންނާނެ، ޔޫރަޕިއަން ޔުނިއަން އަކުންވެސް އެކަން އެގޮތަށް ކުރުމަށް ނާންގާނެ، އެންމެ ގާތުން ސާކުން ވެސް ނާންނާނެ، ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ފަރާތަކަށް ފުރުސަތު ދިނުމަށް އެއްވެސް ފަރާތަކުން ބާރެއް ނާޅާނެ،" ނިހާން ވިދާޅުވި އެވެ.

ނަމަވެސް ގާސިމް އަށް އިތުރު އެއް ކުރިމަތި ލުމެއް އެބަ އޮތެވެ. މަޖިލީހުން 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި ބަދަލެވެ. އެއީ ރައީސް ކަމަށް ކުރިމަތިލެވޭ ފަރާތުގެ އުމުރަށް ގެނައި ބަދަލެވެ. މިހާރު ގާނޫނު އަސާސީގައިވާ ގޮތުން ރައީސް ކަމަށް ކުރިމަތި ލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ ބޭފުޅަކަށެވެ. އެގޮތުން ބަލާއިރު ގާސިމް އަށް މިވަނީ ދެކޮޅުން ވެސް ބެދިފަ އެވެ.

ގާސިމް އިބްރާހިމާއި އަނބިކަނބަކލުން އަދި ބޮޑީގާޑަކާއެކު: ގާސިމް ހުންނެވީ އިސްލާހީ މަސައްކަތުގައި ކަމަށް ވިދާޅުވި

ދެން ހުންނެވީ ރައީސް މައުމޫނެވެ. ގާސިމް އެކޭ އެއްފަދައިން ރައީސް މައުމޫނަށް ވެސް ކުރިމަތި ލުމުގެ އުމުރު ވަނީ ކަޓާފަ އެވެ. ނަމަވެސް މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ގާނޫނު އަސާސީ އަށް ބަދަލުގެނެސް މައުމޫން، ރައީސް ކަމަށް ކުރިމަތިލުމަށް ފުރުސަތު އެބައޮތެވެ. މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައި ވޯޓުން އެކަން ވެދާނެ އެވެ. ނަމަވެސް އެކަން ކުރުމަށް ދެކޮޅުންވެސް ތައްޔާރަށް އޮތްހެން ހިޔެއެއް ނުވެ އެވެ. އެހެންވީމާ ރިޔާސީ އިންތިހާބަށް އިދިކޮޅުން ކުރަންޖެހޭ މަސައްތަކެއް އަދި ނުކުރެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • ޑިމޮކްރަސީ

  ރާއްޖޭގެ ސްޕްރިމް ކޯޓް އޮތީ އަދިވެސް ރިލެކްސް މޯޑްގަ އެމީހުންނަށް ހަމަ ހޭވެރިކަމެއްވެގެން ރަްޔިތުންނަށް ކަމެއްކޮށްދެވޭނީ އަދިވެސް ކޮފީބޮއިގެން ކޮފީތަށި ގަޔަށް އެޅިގެން އުޅެ އަކުން ބަކުން ކުޅޭނީ

  4
  3
  CLOSE
 • މަގޭ ޚިޔާލު

  މިގައުމުގެ ވެރިއަކަށް އުމަރު ނަސީރު އިންތިޚާބުވާތަން ދެކެން ކެތްމަދުވެފައި ހުރީމެވެ. އުއްމީދުކުރެވޭ ގޮތުގައި މިގައުމުގެ އިޖުތިމާއީ ފޭރާން، ރަނގަޅުވެގެން ދާނީ އުމަރުގެ ވެރިކަމެއްގައެވެ. އިސްލާމްދީންވެސް މިއަށްވުރެ ރަނގަޅަށް ހިމާޔަތް ކުރެވޭނެ ކަމަށް އުއްމީދުކުރެވެއެވެ. ގާނޫނުތައްވެސް ހުކުމާއެއްގޮތައް ތަންފީޒުވަމުންދާނެކަމަށް އުއްމީދުކުރެވެއެވެ. މިނިވަން މުއައްސަސާތަކަށް މިހާރަށްވުރެ މިނިވަންކަމާއެކު ހަރަކާތްތެރި ވުމަށް ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ. މިގައުމަށް ބޭނުންވަނީ އިޚުލާސްތެރިއެކެވެ. މިގައުމަށް ބޭނުންވަނީ ތެދުވެރިއެކެވެ. މިގައުމަށް ބޭނުންވަނީ ޢަދުލުވެރިއެކެވެ. މިގައުމަށް ބޭނުންވަނީ ނުފޫޒުން އެއްކިބާވެފައި ހުރި މިނިވަނެކެވެ. މިހުރިހާ ސިފައެއް އުމަރުގެ ކިބައިގައި ހުންނާނެ ކަމަށް އުއްމީދު ކުރަމެވެ.

  3
  6
  CLOSE
 • ގަބޫލެނުކުރާނަން

  ކުރުކޮށް މިބުނަނީ ބޭރުމީހުންގެ ޕްރަޝަރުގަ ކުއްވެރިން މިނިކޮށްގެން އިންތިހާބަށް ކުރޮމަތިލެވޭގޮތް ހަދާކަށް ގިނަދިވެހިންނެ ގަބޫލެނޫން...

  11
  4
  CLOSE
 • ލިން

  ހާލަތާ ވަގުތައް ބަލާފަ ކަންކަން އިސްފަސްކުރަން ޖެހޭނެ..އެއީ ހިކްމަތްތެރިންގެ ގޮތަކީ.. ކެނޑިޓޭތަކު ނެރުމަކީ ފަހުގެ ކަމެއް.. ނޫނީ ނެރޭ ކޮްނމެ މީހެއްގެ މައްޗަށް އަންނާނި ބޮޑު ޖަލުހުކުމެއް

  2
  7
  CLOSE
 • ގގ

  65 އަހަރުން މަތީގެ މީހުނަށް ކުރިމަތި ނުލިޔެވޭ ގޮތަށް ހެދި ޤާނޫނު ސްޕްރިމް ކޯޓަށް ހުށަހަލައިގެން ބާތިލް ކުރެންވީ، ދެން ހުރި ނަޝީދާއި ޤާސިމް އާއި އިމްރާނުގެ މައްސަލަތަށްވެސް ސުޕްރިމް ކޯޓަށް ހުށަހަޅައިގެން ބަދަލްގެނެވިދާނެ!

  5
  16
  CLOSE
 • ވާނުވާ

  ބުރޯ އެ ޤާނޫނެއް ނޫން ޤާނޫނު އަސާސީ.. ޤާނޫނެއްގެ މާއްދާއެއް ސްޕްރީމްކޯޓަށް ބާތިލުކުރެވުނަސް ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއް ބަތިލެއް ނުކުރެވޭނެ.. އެކަން ކުރެވޭނެ މަޖިލީހުގެ 4 ބައިކުޅަ 3 ބައި ވޯޓު ލިބިގެން އެކަނި.. މޮޅު އެއްޗެއް ކިޔޭތޯ ބަލާތި ވާނުވާ ނޭނގުނަސް

  5
  CLOSE
 • އަޙްމަދު

  އިދިކޮޅު ބޮޑުން ވަނީ ގޮތް ހުސްވެފަ!؟ އެހެން ވީމާ އިދިކޮޅު ބޮޑުން އަވަދި ނެތި ކުރަމުން ދާ މަސައްކަތަކީ އެބައި މީހުންގެ ސަޕޯޓަރުން ގުނބޯ ހެއްދުން! ސަބަބު ވަރަށް ސާފު އެއީ އެމްޑީޕީ އިން ނަޝީދު ނޫން އެހެން މަިހަކު ކުރިމަތި ލައިފިނަމަ އެމްޑީޕީ ރައިސް ނަޝީދު އަތުން ފިރާލާނެ. ހަމަ ޤާސިމު އިބްރާހިމަށް ވެސް އޮތީ މިގޮތް.

  15
  4
  CLOSE
 • ލީވާނު

  އަދިވެސް ދީފަ ބަހައްޓާ. އަބަދުވެސް ވެރިކަމައް ދައުވާކުރާ މީހުން ބޭނުންވާނީ އެގޮތް.މަރުތަންމަތީގާއޮވެގެންވެސް ގޮވާނީ ވެރިކަން ވެރިކަން. މިގައުމަކުން ނަސީދު، މައުމޫން، ގާސިމް، އިމްރާނު، އަކައް ޖާގައެ ނެތް..

  21
  3
  CLOSE

ފަހުގެ ޚަބަރު