overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
މުހައްމަދު އަނިލް

ވަކި މީހަކު އިންތިހާބުގައި ވާދަކުރުމަށް އދ. ނާންގާނެ: އޭޖީ

ވަކި މީހަކު ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް އދ. އެއްވެސް ގުނަވަނަކުން ނާންގާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އަނިލް މިހެން ވިދާޅުވީ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވެން ޖެހޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ކަނޑައަޅާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝަހީދު އި ވިދާޅުވެފައި ވަނީ އދ. ގެ އެޗްއާރް ކޮމިޓީގެ ނިންމުންތަކަށް ތަބާވާނެ ކަމަށް 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގައި ސޮއިކޮށް އިގުރާރުވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރެވެން ޖެހޭ ކަމަށް އެ ކޮމިޓީން މި އަހަރުގެ ތެރޭގައި ކަނޑައަޅާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ރޭ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭޖީ އަނިލް ވިދާޅުވީ، ވަކި މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ގޮތް އެންގުމަކީ އދ.ގެ މެންޑޭޓްގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލުކުރުމުގެ ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

"ރާއްޖެއަކީ މިނިވަން ސިޔާދަތެއް އޮންނަ ގައުމެއް، ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު އަސާސީ، ރާއްޖޭގެ ގާނޫނުތައް، ވަކި މީހަކު އިންތީހާބުގައި ވާދަކުރާނެ ކަމަށް އދ.އިން ނުބުނާނެ، އެއީ އެމީހުން މެންޑޭޓްގައި އޮތްކަމެއް ނޫން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އޮތް ގޮތުން ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ރައީސް ކަމަށް ކުރިމަތިނުލެވޭނެ އެވެ. ރައީސް ނަޝީދަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ތިން މަރުހަލާގެ ކޯޓުން ވެސް އެ ހުކުމް ވަނީ ދަމަހައްޓާފަ އެވެ. ރައީސްއަށް މާފު ދެވެން ވެސް އޮންނާނީ ޓެރަރިޒަމްގެ ކުށެއް ކަމަށްވާތީ ހުކުމްގެ ދެބައިކޮށްފަ އެއް ބައި ތަންފީޒުކުރުމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން މީގެކުރިން ނިންމާފައިވަނީ ރައީސް ނަޝީދުގެ ހުކުމުގައި ހުރި އިއިޖްރާއީ މައްސަލަތަކެއް ކަމަށާއި އެއީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ކަމަށެވެ. އެ ހުކުމް ބާތިލްކުރުމުގެ ބާރެއް ރާއްޖޭގެކަމާބެހޭ ކޯޓުތަކަށް މެނުވީ ނޯންނާނެ ކަމަށެވެ. އދ.އަށް ވެސް ބާރު ނޯންނާނެ ކަމަށެވެ.

އަނިލް ވަނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިހާބު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ރިޔާސީ އިންތިހާބު ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރި މަހުގެ ކުރީކޮޅުގެ ނިޔަލަށް ބާއްވަންޖެހެ އެވެ. އަނިލް ވިދާޅުވީ، ގާނޫނު ފަރުމާކުރާ ފަރާތާއި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.