ހަބަރު

ތައިލެންޑު މީހުން ތިބި ބޯޓެއް އެމްއެންޑީއެފްއިން ހިފަހައްޓައިފި

Jan 12, 2018
1

ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުން ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އެ ބޯޓު ގެންގޮސްފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް މި މަސް ބޯޓު ފެނިފައިވަނީ މިރޭ 22:50 ހާއިރު ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ތ.ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓުގައި ތައިލެންޑުގެ 10 ފަޅުވެރިން ތިއްބެވެ.

"ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މި ބޯޓުގައި ސޯމާލިއާ ދިދަައެއް ނަގާފައި ހުރި އިރު ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް ބޯޓުގެ ކެޕްޓަން އެމްއެންޑީއެފްއަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.