chattelegramwhatsappviber google-plus twitter facebook

ރާއްޖެ

ސަރުކާރުގެ އަމާޒު: 45 ބިލެއް ފާސްކުރުން

ބަންޑާރަ ނައިބު އަނިލް --

މިހާރު މިއޮތް ސަރުކާރުގެ އެންމެ ފަހު އަހަރަކީ މިއީ އެވެ. ރިޔާސީ އިންތިހާބު ވެސް އޮންނަ މި އަހަރު ވެގެން ދާނީ ބުރަ އަހަރަކަށެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އެ މަންޒަރު ފެންނާނެ އެވެ. ހަމައެކަނި ސަރުކާރުން ވެސް މި އަހަރު 45 ބިލެއް ފޮނުވަން ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، މި އަހަރުގެ ތެރޭގައި 45 ވަރަކަށް ބިލް މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އޭގެ ތެރެއިން ބިލްތައް މިހާރު ފަރުމާކޮށްފައިވާއިރު އަނެއް ބިލްތައް ފަރުމާކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ކުރަމުންނެވެ.

ފަރުމާކޮށްފައިވާ ބިލްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ، ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި އާންމު އިންތިހާބާ ބެހޭ ގާނޫނާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ފާހަގަކޮށްލެވެ އެވެ. އަނިލް ވިދާޅުވީ، އެ އިސްލާހުތައް ގެންނަނީ މިދިޔަ އަހަރުގެ އިންތިހާބާ ގުޅިގެން އޮބްޒާވަރުންނާއި މޮނީޓަރުން ދިން ލަފާތަކަށް ބަލައިގެން ކަމަށެވެ. އޭގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައިވާ ކަންކަން ގާނޫނުގައި ހިމަނަން ވެސް އިސްލާހުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެ ގައިޑްލައިންގައި ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއްގައި ކޮންމެހެން ހުންނަންޖެހޭ ކަންކަން ބަޔާންކޮށްފަ އެވެ.

އޭގެ އިތުރުން، މިހާރު އަމަލު ކުރަމުން އަންނަ އާ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަނިލް ވިދާޅުވީ ގާނޫނުލް އުގޫބާތަށް މި އަހަރު އިސްލާހު ގެނައުމަށް ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އިސްލާހު ގެންނަން ނިންމާފައިވާ ފުރަތަމަ ޗެޕްޓާއަކީ ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށުގެ ޗެޕްޓަރެވެ. އެ ޗެޕްޓަރުގައި ހިޔާނާތްތެރިވުމާއި ބަޣާވާތް ކުރުމުގެ ކުށް ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ކޮރަޕްޝަނާ ގުޅޭ ބޮޑު ބައެއް ގާނޫނުލްއުގޫބާތުގައި ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ. އަނިލް ވިދާޅުވި ގޮތުގައި އިސްލާހު ގެންނަން ނިންމާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިމަނައިގެންނެވެ. އެ ބަދަލުތަކަކީ ކޮރަޕްޝަން ނައްތާލުމާ ބެހޭ މުއާހަދާގައި ހިމެނޭ ކުށްތައް ހިމެނޭ ގޮތަށް އެކަންކަން ކުށްވެރިކޮށްފައި ގެންނަ ބަދަލުތަކެކެވެ. އެ އިސްލާހުގައި އިސްކަން ދީފައިވާނީ ކޮރަޕްޝަނާއި ހިޔާނާތްތެރިވުމާއި ރިޝްވަތުގެ ކުށަށެވެ.

ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގެނައުމަށްފަހު މަދަނީ އިޖުރާއަތުގެ ގާނޫނެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ބިލް ފަރުމާކުރަމުންދާއިރު އެ ބިލް ވެސް މި އަހަރު މަޖިލީހަށް ފޮނުވާނެ އެވެ. އޭގެއިތުރުން އިގްތިސޯދީ ދާއިރާއަށް އިސްކަންދީގެން ވެސް މި އަހަރުގެ ތެރޭގައި މުހިންމު ބިލްތަކެއް ހުށަހަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އެގޮތުން އިންޝުއަރެންސް ބިލާއި ބިމާ ބެހޭ ބިލްތަކެއް ވެސް ހުށަހަޅާނެ ކަން ފާހަގަކުރެއްވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ހަދާ ފަހު ބިލެއްގެ ގޮތުގައި ކުޑަ ކުދިންގެ އަދުލުގެ ނިޒާމުގެ ގާނޫނު ހެދުމަށް ވެސް ބިލް ފޮނުވާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • ގަދަ45އުވާލާ

  އާން ގިނަ ދަންމަޅި މަހާ. 45 ގާނޫނު އުވޭތޯ އުޅެންވީ. ދަންމަޅިތައް މަދުކުރަންވީ

  CLOSE
 • މޫސަބެ

  ރައްޔަތުންގެ އަމާޒު! މިހާރުގެ ސަރުކާރުގަ މިތިބަ މޮޔައިން ގެއަށް ފޮނުވާލުން. ނޫނީ ގައުމުން ބޭރަށް އަރުވާލުން.

  1
  CLOSE
 • އައިކުޑް

  ސަރުކާރުގެ އަމާޒު ތެރޭގައި 45 ބިލެއް ފާސް ކުރާ ނަމަ ވަރަށް މުހިއްމު ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްްސްކޭޕް އަކީ އެއީ ބިއުޓިފުލް ލޭންޑް ސްކޭޕް އަކަށް ހެދުމަށް ޓަކައި މަޖްލީސް މެމްބަރު ކަމަށް ކުރިމަތި ލާ މީހުންނަކީ އެއީ އެދާއިރާގެ ރައްޔިތެއް ކަމަށްވާން. ދެން ރާ އަތޮޅުގެ މެމްބަރު ކަން ކުރަން ގާފުދާލު ގައްދޫ އެހެލާން ތެހެލާން ކިޔާ މީހަކު ކަމަކު ނުދާނެ. ކާފު އަތޮޅު ކާށިދޫ ދާއިރާ ތަމްސީލް ކުރަން ފުވައްމުލަކު މީހަކު ކަމަކު ނުދާނެ ތުލުސްދޫ ދާއިރާ ތަމްސީލް ކުރަން ތިނަދޫ މީހަކު ކަމަކު ނުދާނެ އައްޑޫ މީދޫ ދާއިރާ ތަމްސީލް ކުރަން މާލޭ މީހަކު ކަމަކު ނުދާނެއެވެ. މިދާއިރާ ތަަކަށް ކުރިމަތި ލާން ޖެހޭނީ އެދާއިރާގެ ކުދިންނެވެ. އެއިރުން އެކަން ކަން ފުރިހަމަ ވެގެން ދާނީ. މީ ވަރަށް މުހިއްމު ކަމެއް ކުރަން. އަދި މީގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ފުރުސަތު އެހާ ތަނަވަސްވެފައި އޮވެގެން ނުވާނެއެވެ. އެފުރުސަތު ވެސް ޖެހޭނީ ބަންދު ވާން ނުވަތަ ވަރަށް އުނދަގޫ ވާން އެވެ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި.

  CLOSE
 • ކޭންވީ

  ސަރުކާރުގެ އަމާޒަކީ 45 ބިލެއް މަޖްލީހަށް ފޮނުވައިގެން ފާސް ކުރުން ކަމުގައި ވާނަމަ ރާއްޖޭގައި ވަޒީފާ އަދާ ކުރުމާއި ބެހޭ ގާނޫނު ގައި އެބަޖެހޭ ޑިވިޜަންސް ތަކެއް ހަދަން. އެއީ އަމިއްލަ ކުންފުނި ތަކާއި ސަރުކާރާއި ވަކި ކުރުން. އަމިއްލަ ކުންފުނި ތަކަކީ އެއީ ދަރަންޏަށް ޒިންމާވާން ޖެހޭ ކުންފުނި ތައް ކަމަށްވާތީވެ މަސައްކަތް ކުރާ ރަސްމީ ގަޑި ތައް ކަނޑައަޅާނީ އަމިއްލަ ކުންފުނި ތަކުން އަމިއްލަ އަށޭ އަދި ހަފްތާ އަކު ޗުއްޓީ ދޭން ޖެހޭނީ ކިތައް ދުވަސް ކަމަށް ވެސް ކަނޑައަޅާނީ އަމިއްލަ ކުންފުނި ތަކުންނޭ މިކަން ކަން ސަރުކާރުން ދަނެގެން މިރާއްޖޭގެ ރައްޔިތުން ކަންނެތް ކަމުގެ ތެރެއަށް ޑައިވް ނުކުރަނީސް މިކަން އިސްލާހު ކޮށް ރާއްޖެ އަކީ އެއީ ބުރަ ކޮށް މަސައްކަތް ކޮށްގެން ދުނިޔެ ހޯދާ ހީވާގި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ހައްދަވާ ދެއްވާށޭ. ރިސޯރޓްސް ތަކުން ސާރިވސް ޗާރޖް ދޭން ނުޖެހޭނެއޭ ރާއްޖޭން ބޭރު މުވައްޒަފުންނަށް އެމެން އަންނަނީ މުސާރަ އަށް އެއްބަސްވެގެން ނޭ އަދި ރިސޯރޓްސް ތަކުގެ އޮޕަރޭޓިންގް ކޮސްޓް ވެސް ކުޑަ ކުރުމަށް ޓަކައި ތިން އިރު ކެއުން އެކަނި ހަދާ އަދި ސްޓާފުންނަށް ދޭ އެކޮމެޑޭޝަންސް ބްލޮކްސް ތައް ވެސް ގިނަ ވެގެން 25 ބުރިއަށް ނެގޭ ގޮތަށް ހުއްދަދީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މޭޖަރ އޯވަރ ހޯލް ކުރަން އެބަޖެހެއޭ. މިކަމަކީ މީ މަޓީގައި ތިބޭ ކަންނެތް ބޮޑުން ވިސްނާ ކަމެއް ނޫނޭ އެމެން ބައިތިއްބާފައި ސަރުކާރުން މިކަމުގައި އިސްނަގަންވީއޭ އެއިރުން ނޭ އާ ދިވެހިންނަށް ރިސޯރޓްސް ތައް ހަދައިގެން ރިސޯރޓްސް ތައް ހިންގޭނީ. އަދި ޗައިނާގެ ހޮޓާ ތަކާއި މެލޭޝިއާގެ ހޮޓާ ތަކާއި އަދި ޖަޕާނުގެ ހޮޓާ ތައް ވެސް އެއިރަށް އަންނާނެއޭ ރާއްޖޭގައި އިންވެސްޓް ކުރަން. އައި އޭމް ވޮންޑަރިންގް ކޭން ވީ ސްޓިލް ބީ ދަ ބެސްޓް ކޭން ވީ ބީ ދަ ބެސްޓް ކޭންވީ ބީ ދަ ބެސްޓް.

  CLOSE

ފަހުގެ ޚަބަރު