chattelegramwhatsappviber google-plus twitter facebook

ރާއްޖެ

ގެއްލުނު ދޯނި ފެނުނުއިރު އުޅުނީ މަސްވެރިކަމުގައި

މަސް ދޯނިތަކެއް

މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ތ.ބުރުނީ "ނޫރު" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ވެއްޖެ އެވެ.

ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ، މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލިގެން މިދިޔަ ބުދަ ދުވަހު ހޯދަން ފެށި މިރޭ 9:00 އެހާއިރު ދޯނީގެ ވެރިފަރާތަށް ގުޅާފައިވާ ކަމަށާއި ދޯނީގައި ތިބި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ. އަދި އެ ދޯނި އުޅުނީ މަސްވެރިކަން ކުރަން ނިކުމެ ކަމަށާއި ދޯނި މިހާރު ދިއްފުއްޓާއި ދިމާލުން ދަތުރުކުރަމުންދާ ކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

އެގާރަ ދިވެހިންނާއިއެކު މަސްވެރިކަމު ނުކުތް އެ ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނެވެ. ވެރިފަރާތުން އެމްއެންޑީއެފަށް ދޯނި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ދިނީ، މިމަހުގެ ހަ ވަނަ ދުވަހު ހދ. ނޮޅިވަރަމާއި ދިމާ ބޭރުގައި ވަނިކޮށް ގުޅުނު ގޮތަށް އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ޔައުޤޫބް

    މޮޅުޑަމީއެއް ޖައްސާލާފަ ދޯނީގެ ވެރިފަރާތައްނޭގި ކަންނެލިކޮޅު ކިރާލީދޯ..!! ހދ. އިން ހަބަރުނުވިދޯނި ކ. އަތޮޅުގަ..؟؟؟

    9
    CLOSE

ފަހުގެ ޚަބަރު