ވިޔަފާރި

އަމާނާ ތަކާފުލް ދަހަނާ: ރައްކާތެރިކަމުގެ ޔަގީންކަން

Feb 7, 2018
1

ދިވެހިންގެ ބޭނުންތައް އިތުރުވެއްޖެ އެވެ. މަސައްކަތްތައް ވެސް ފުޅާ ވެއްޖެ އެވެ. މިއާއެކު ފެނިގެންދަނީ ރައްކާތެރިކަމުގެ ޔަގީންކަމަށް ދިވެހިން ބޭނުން ވެފައިވާ މިންވަރެވެ. އެހެންވެ ގިނަ އިންޝުއަރެންސް ކުންފުނިތައް ބާޒާރަށް ނުކުމެ، މިވަނީ އިންޝުއަރެންސްގެ ގިނަ ޕެކޭޖުތަކެއް ނެރެފަ އެވެ. ނަމަވެސް އިންޝުއަރެންސްގެ ބާޒާރުގައި "އަމާނާ ތަކާފުލް" އެހެން ކުންފުނިތަކާ ތަފާތެވެ. އެ ކުންފުނީގެ އެއްތަފާތަކީ މިއީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ކުންފުންޏަށް ވުމެވެ. އެކުންފުނިން ނެރެފައިވާ ދަހަނާ ޕެކޭޖުތައް ފެނިގެންދަނީ ތަފާތު ޕްރޮޑަކްޓްތަކެއްގެ ގޮތުގައެވެ.

ދަހަނާ-ސޭފްޑްރައިވް" އަކީ އެއްގަމުއުޅަނދުގެ ތާޑްޕާޓީ އިންޝުއަރަންސް ނަގާއިރު އެއާއެކު ނެގިދާނެ ޕެކޭޖެކެވެ. މި ޕެކޭޖަށް އަހަރަކު ދައްކަން ޖެހެނީ 60ރ އެވެ. މިޕެކެޖް ނަގާފައިވާ ފަރާތަކަށް އެކްސިޑެންޓެއް ދިމާވާ ހާލަތުގައި 30000ރ އާއި ހަމައަށް ގެއްލުމުގެ ބަދަލު ދެވޭނެ އެވެ. ރާއްޖޭގެ އާބާދީ ބޮޑެތި، އަދި ދުއްވާއެއްޗިހި ގިނަ ރައްށުގައި ނުރައްކާތެރި ހާދިސާތައް ހިނގަމުންދާއިރު، މިފަދަ އިންޝުއަރަންސް ޕެކޭޖުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

"ދަހަނާ- ސޭފްޑްރައިވް" ފަދަ އިން "ދަހާނާ" އަކީ ވެސް ވަރަށް މުހިންމު ހުރި ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓްގެ ދަށުން އިންޝުއަ ކުރުން އާންމު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އެބައޮތެވެ. ވަކިން ނެގޭގޮތަށް ތައްޔާރު ކޮށްފައިވާ "ދަހާނާ" އިންޝުއަރެންސް ޕެކޭޖް މިއީ ހާއްސަކޮށް ބުރަ މަސައްކަތްތަކުގައި އުޅޭ މީހުންނަށް މުހިންމު ޕެކޭޖެކެވެ. މަސްވެރިން ދަނޑުވެރިން އަދިވެސް އެހެނިހެން މަސައްކަތްތެރިންނަށް މަސައްކަތުގައި އަދި އާންމު ދިރިއުޅުމުގައި ދިމާވާ އެކިއެކި އެކްސިޑެންޓްތަކުން ލިބޭ ގެއްލުންތަކުގައި ބަދަލުގެ ގޮތުގައި 100000ރ އާއިހަމައަށް ބަދަލު ދެވޭނެއެވެ. ދަހަނާ ޕެކޭޖު ނަގާ މީހުން އަހަރަކު ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހެނީ 400ރ އެވެ. މިޕެކޭޖު 18 އަހަރާއި 60 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ނެގޭނެ އެވެ.

މި ޕެކޭޖުގެ އިތުރުން އަމާނާ ތަކާފުލްއިންވަނީ "ކަށަވި" ގެ ނަމުގައި ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރަން ތިބޭ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ވެސް ނެރެފަ އެވެ. މި ޕެކޭޖު ހާއްސަވަނީ ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން އެއާޕޯޓް ރެސްކިއު އާއި ޑިޒާސްޓާމެނޭޖުމަންޓް އަދި މޯލްޑިވްސް ކަރެކްޝަން ސާވިސަސް ހިމެނެ އެވެ. މި ޕެކޭޖުގެ ތަފާތަކީ މި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިން މި ޕެކޭޖަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. މީގެ ބަދަލުގައި "ތާޑް-ޕާޓީ" އިންޝުއަރެންސް ނެގުމުން އޮޓަމެޓިކުން މި ޕެކޭޖު ލިބޭނެ އެވެ.

އަމާނާތަކާފުލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، ނެރެފައިވާ "ކަށަވި" އިންޝުއަރެންސް ޕެކޭޖުގެ ދަށުން އެކްސިޑެންޓަކުން ލިބޭ ގެއްލުމެއްގައި 500،000ރ. އާއި ހަމަ އަށް ބަދަލު ދެވޭނެ އެވެ. އަދި މި ޕެކޭޖުތައް އަމާނާ ތަކާފުލް މޮބައިލް އެޕްލިކޭޝަނާއި އަދި އެ ކުންފުނީގެ ވެބްސައިޓާއި އަމާނާ ތަކާފުލްގެ އެޖެންޓުން މެދުވެރިކޮށް އަދި އެ ކުންފުނީގެ އޮފީހުން ވެސް ލިބޭނެ އެވެ.