ހަބަރު

ނޭޕާލުން އައި ދިވެހި ދަރިވަރުންނާ ރައީސްގެ ދެކަނބަލުން ބައްދަލު ކުރައްވައިފި

May 4, 2015

 

ނޭޕާލަށް އައި ބިން ހެލުމާ ގުޅިގެން އެނބުރި ރާއްޖެ އާއި ދިވެހި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ބައްދަލު ކުރައްވައިފި އެވެ.

މުލީއާގޭގައި މިރޭ ބޭއްވި ހަފްލާގައި ބިން ހެލުމާ ގުޅިގެން ނޭޕާލު ދޫކޮށް ރާއްޖެ އައި ދިވެހި ކިޔަވާ ކުދިން ރައީސް ޔާމީނާއި އަނބިކަނބަލުން ބައްދަލު ކުރައްވާ ސަލާމް ކުރެއްވުމުގެ އިތުރުން ހާލުއަހުވާލު އައްސަވައި ކިޔެވުމުގެ ކަންކަންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވެވި އެވެ.

ނޭޕާލުން ރާއްޖެ އައި ދަރިވަރަކު މިރޭގެ ހަފުލާގައި ވާހަކަ ދައްކަމުން ބުނީ  ނޭޕާލަށް އައި ބިން ހެލުމާއެކު ދިވެހި ދަރިވަރުންނަށް ވެސް ވަރަށް ހިތާމަވެރި ކަންތައްތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ހިތްދަތި އެ ވަގުތުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ލިބުނު ކަމަށެވެ. އަދި އެ އެހީތެރިކަމަށްޓަކައި ހުރިހާ ދަރިވަރުންގެ ފަރާތުން ޝުކުުރު އަދާ ކުރާ ކަމަށެވެ.  

މި ހަފްލާގައި ނޭޕާލަށް ބިން ހެލުން އައުމާއެކު ދިވެހި ދަރިވަރުންްނާއިމެދު ނޭޕާލުން ކަންކޮށްފައިވާ ގޮތް ފާހަގަ ކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވެސް ޝުކުރު އަދާކުރި އެވެ. މިރޭގެ ހަފުލާގައި ރައީސުލް ޖުމުހުރިޔާގެ ދެކަނބަލުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނޭޕާލަށް ބާރުގަދަ ބިން ހެލުމެއް އައިސް ގެއްލުންތައް ލިބުނު އިރު 130 އަށް ވުރެ ގިނަ ދިވެހިން އެ ގައުމުގައި ތިއްބެވެ.