މާރާމާރީ ހިންގުން

ޓީއެސްއަށް ވަދެ ޒަހަމްކޮށްލި ކުއްޖާއަށް ފަރުވާދީ ދޫކޮށްލައިފި

Jan 17, 2018
1

ތާޖުންދީން ސުކޫލްގެ ތެރެއަށް ގްރޫޕަކުން ވަދެ ހަމަލާދީ ޒަހަމްކޮށްލި ކުއްޖާއަށް އައިޖީއެމްއެޗްއިން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ގްރޫޕަކުން ތާޖުއްދީން ސްކޫލަށް ވަދެ އެ ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރު ސްކޫލު ނިމުނު ގަޑީގަ އެވެ.

ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އެ ކުއްޖާގެ ބޮލުން އިންޗިއެއް ވަރަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި އެހެންކަމުން ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.

ގްރޫޕަކުން އެ ސުކޫލަށްވަދެ ހަމަލާދީފައިވަނީ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.