ވިޔަފާރި

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭއާއި އޭޕްރަން އަޅަން އެމްއާރުޑީސީއަށް

Jan 18, 2018
4

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ މަސައްކަތް ސަރުކާރުގެ ކުންފުނި، އެމްއާރުޑީސީ އާ ހަވާލުކުރަން ނިންމައިފި އެވެ.

ސަރުކާރުން ވަނީ ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން އަޅަައިދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. "ޕީއެސްއެމް" ނިއުސްގައިވާ ގޮތުން، ކުޅުދުއްފުށި އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ މަސައްކަތް އެމްއާރުޑީއާ ހަވާލުކުރުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ސަރުކާރުން މިކަމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނެ ކަމަށެވެ.

އެމްޓީސީސީއަށް ހަވާލުކޮށްގެން ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރު އެވެ. އެރަށުގައި އެއާޕޯޓް އަޅަން، 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެމްޓީސީސީއިން މުޅިން އަލަށް ގެނެސްފައިވާ ބިން ހިއްކާ ބޯޓު، "މަހާޖައްރާފު" އިން ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ސަރުކާރުން މި މަޝްރޫއުން ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. އަދި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 180 ދުވަހުންނެވެ.