ހަބަރު

އިސްލާމިކް މިނިސްޓަރު ޝަހީމް އިސްތިއުފާ ދެއްވައިފި

May 5, 2015
2

އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝަހީމް ދެންމެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށް ދެއްވައިފަ އެވެ. އޭގެކުރިން އޭނާ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝަހީމް މިއަދު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދޭން އެ ފަރާތްތަކަށް އަންގަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައި ވަނިކޮށެވެ.