ހަބަރު

ބްރިޖް ކަރަންޓް ވިއުގަ މަޝްރޫއުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

Jan 18, 2018
5

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީއީސީ)އާ ހަވާލު ކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއިން ނިންމުމާއެކު، ކޭބަލް އެޅުމުގެ މަސަކަތް ހަލުވިކޮށްފި އެވެ.

ޒުހޫރު ވިދާޅުވި ގޮތުގައި އޭސީސީ އިން ލިއުންތައް ގެންގޮސް ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

ޒުހޫރު ވިދާޅުވި ގޮތުގައި އޭސީސީ އިން ލިއުންތައް ގެންގޮސް ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

އެމްޑީ ޒުހޫރު ވިދާޅުވީ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީއީސީ) އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 12 ބިލިއަން ޑޮލަރު ކުޑަ އަދަދަކަށް ކަމަށެވެ. އަދި އެ ކުންފުންޏަށް ފައިސާ ދައްކަން ހަތް އަހަރުގެ މުއްދަތެއް ލިބޭ ކަމަށެވެ. ނަމަވެސް ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯ (ސީއެންއީއީސީ) އަށް ފައިސާ ދައްކަން ޖެހެނީ ފަސް އަހަރު ދުވަހުން ކަމަށެވެ.

"ޑީއީއީސީއަކީ މިހާރު ވެސް ހުޅުމާލޭގައި ކަރަންޓުގެ މަސައްކަތް ސްޓެލްކޯއާއެކު ކުރާ ކުންފުނި. ކޭބަލްގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިން. އެހެންވެ ހުރިހާ ގޮތަކުން ބެލިނަމަވެސް ދައުލަތަށް ވެސް ފައިދާ ކުރޭ މި ކުންފުންޏަށް ހަވާލު ކުރުމުން،" ޒުހޫރު ވިދާޅުވި އެވެ.

ހައި ވޮލްޓޭޖް ކަރަންޓު ވިއުގައިން ގުޅައިލުމަށް، ކުރި އިއުލާނާ ޗައިނާގެ ޑީއީސީ ކުންފުނިން ހުށަހަޅާފައިވަނީ 44.46 މިލިއަން ޑޮލަރުއަ އެވެ. އަދި ހަމަ ޗައިނާގެ، ސީއެންއީއީސީ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 56.6 މިލިއަން ޑޮލަރެވެ.

ސަރުކާރުން ދަނީ ސްޓެލްކޯއާ ހަވާލުކޮށްގެން، ފަސްވަނަ ޕަވާ މަޝްރޫއުގެ ނަމުގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަމުންނެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރާއި ތެޔޮ ރައްކާކުރާނެ ވަސީލްތާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމް ކުރާނެ އެވެ.

ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭ-މާލެ ބުރިޖުން ގުޅައިލާ ކޭބަލްއަކީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލް އެކެވެ.