ހަބަރު

މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ވަކީލުންލިބިފައި ވަނީ 113 މީހުނަށް

May 5, 2015

މިދިއަ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބި 172 މީހުންގެ ތެރެއިން ގާނޫނީ ވަކީލުން ހަމަޖައްސާފައި ވަނީ 113 މީހުންނަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެރޭ ހައްޔަރުކޮށްފައި ވަނީ 193 މީހެކެވެ. އޭގެތެރެއިން ބައެއް މީހުނަށް ނަސޭހަތް ދީ އަދި ބައެއް މީހުން ކޯޓުން ދޫކޮށްލުމުން ބަންދުގައި ތިބި 172 މީހުނަށް އިދިކޮޅު ފަރާތްތަކުން ގާނޫނީ ވަކީލުން ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައިވީ ނަވެސް އޭގެ ތެރެއިން 59 މީހެއްގެ ގާނޫނީ ވަކީލުން ވަނީ ހަމަ ނުޖެހި އެވެ.

އަވަސް އިން ސުވާލު ކުރުމުން ފުލުހުން ބުނީ ބަންދުގައި ތިބި މީހުނަށް ގާނޫނީ ވަކީލުންނާއެކު ބައްދަލު ކުރަން ފުރުސަތު ދެމުން އަންނަ ކަމަށާއި އެކަމަށް މިހާތަނަށް އެދުުނު 106 މީހަކަށް 216 ބައްދަލުވުމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.