ހަބަރު

މޭޑޭ މުޒާހަރާގައި 300 އަށް ވުރެއް ގިނަ ކައުންސިލަރުން ބައިވެރިވި: ނިޔާޒް

May 5, 2015

މޭޑޭގެ މުޒާހަރާގައި 300 އަށް ވުރެއް ގިނަ ކައުންސިލަރުން ބައިވެރިވިކަމަށް އެންޑީޕީން ބުނެފި

އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަަށް މޭ އެއް ވަނަ ދުވަހު ބޭއްވި މުޒާހަރާގައި އެންޑީޕީއަށް ނިސްބަތްވާ 300 ކައުންސިލަރުން ބައިވެރިވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ބުނެފި އެވެ.

 ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެެލްޖީއޭ) ގެ އޮފީސް ކުރިމަތީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނިޔާޒު ވިދާޅުވީ އެޕާޓީއަށް ނިސްބަތްވާ 450 ކައުންސިލަރުން އެެބަ ތިބި ކަމަށާއި އޭގެ ތެރެއިން 300 ކައުންސިލަރުން މުޒާހަރާގައި ބައިވެރިވި ކަމަށެވެ.

އެމްޑީޕީން މި މައުލޫމާތު ދިން އިރު އެ ދުވަހުގެ މުޒާހަރާގައި ބައިވެރިވި ކައުންސިލަރުންގެ މައުލޫމާތު މިއަދުގެ ކުރިން ފޮނުވަން އެލްޖޭއިން ވަނީ އަންގައިފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކައުންސިލަރުން މިއަދު ބުނީ ކައުންސިލްތަށް އުވާލިޔަސް "އަނިޔާވެރިކަމާއި ދެކޮޅަށް" ތެދުވާނެ ކަމަށާއި މުޒާހަރާގައި ބައިވެރިވި ކައުންސިލަރުންގެ ނަންތަށް ފޮނުވަން އެންގުމަކީ އެލްޖީއޭއިން އެޅި "ޅަ އެއްޗެއް" ކަމަށެވެ.