ހަބަރު

ހުޅުމާލޭ ޝޫޓިން ރޭންޖް އަޅަން 35،000 އަކަފޫޓްގެ ބިމެއް ދީފި

May 5, 2015

ހުޅުމާލޭގެ ޝޫޓިން ރޭންޖް އަޅާ ބިން ޝޫޓިން އެސޯސިއޭޝަނާ މިއަދު ހަވާލުކޮށްފި އެވެ. ޝޫޓިން ރޭންޖް އަޅަން ދިނީ 35،000 އަކަފޫޓްގެ ބިމެކެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު މަލީހެވެ. ޝޫޓިން އެސޯސިއޭޝަނުން ފަރާތުން ސޮއިކުރެއްވީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް މުހައްމަދު ޒާހިރު އެވެ.

މިނިސްޓަރު މަލީހު މިއަދު ވިދާޅުވީ ޝޫޓިން އަކީ ރާއްޖެ އަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދޭ ކުޅިވަރަކަށްވާތީ އެ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށާއި ޝޫޓިން އަކީ ރާއްޖޭގެ ކުރިމަގަށް އުއްމީދީ ކުޅިވަރެއް ކަމަށެވެ.

ޝޫޓިން އެސޯސިއޭޝަންގެ ރައީސް ޒާހިރު ވިދާޅުވީ ޝޫޓިންގައި ގިނައިން އުޅެނީ ސިފައިން ކަމުގައިވީ ރަނގަޅު ޝޫޓިން ރޭންޖެއް ގާއިމް ކުރެވުމުން ޝައުގުވެރިކަން ހުރި ޒުވާނުންނަށް ފުރުސަތު އެބައޮތް ކަމަށެވެ.

ހުޅުމާލޭ ޝޫޓިން ރޭންޖްގެ މަސައްކަތް ޝޫޓިން އެސޯސިއޭޝަނުން ކުރަނީ  ސްޕޮންސަރުންގެ އެހީގަ އެވެ.