ރޭޕް

ދުވާފަރުގައި ރޭޕް ކޭހާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

Jan 20, 2018
2

ރ. ދުވާފަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި ތުހުމަތަށް ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދުވާފަރުގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި ފަސް މީހުންގެ ގްރޫޕަކުން އެ ރަށުގައި ރޭޕް ކޮށްފައިވަނީ މީހަކާ އިނދެގެން އެރަށުގައި ދިރިއުޅެމުންދާ އަންހެނެކެވެ. އެއީ 25 އަހަރުގެ އަންހެނެކެވެ.

ދުވާފަރުގައި އަންހެނަކު ރޭޕްކޮށްފައިވާއިރު މިމަހު ކުރީކޮޅު ވަނީ މާލޭ ސުޓޫޑިއޯއެއް ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. އަދި ލ. ކަލައިދޫގައި ކުޑަ ކުއްޖަކު ބްލެކްމެއިލް ކޮށް، ބިރު ދައްކައިގެން ރޭޕް ކުރި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އެ ދެ މައްސަލާގައި ވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.