ހަބަރު

މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ

ގއ. ކަނޑުހުޅުދޫން މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ 'ރަންދުވެލި 105' ނަމަކަށް ކިޔާ އެ ދޯނީގެ ގެގަނޑު ކައިރިން ބިންދައިގެން ދިޔަކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހު 2.37 އެހާ އިރު ކަމަށެވެ. އަދި ބުނީ ހާދިސާ ހިނގި އިރު ދޯނީގައި ތިބީ 19 މީހުން ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މަހަށް ނުކުމެ އުޅުނު އެހެން ތިންް ދޯންޏަކުން މިހާރު އަންނަނީ ބިންދައިގެން ދިޔަ ދޯނީގެ މީހުންނަށް އެހީތެރިވަމުންނެވެ. އެގޮތުން އެ ތިންދޯނި އެ ދޯނީގައި ބަނދެގެން ދޯނި ކަނޑުހުޅުދުއަށް ގެންދަން އަންނަނީ މަސަައްކަތް ކުރަމުންނެވެ.

ފައިބަގްލާސް ދޯނިތައް މަސްދޯނިފަހަރުު ބިންދައިގެން ދިއުމުގެ ހާދިސާތައް ރާއްޖޭގައި ކުރިން ވެސް ހިނގާފައި ވެއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެބާވަތުގެ ދޯނިފަހަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.