ވިޔަފާރި

މޯލްޑިވްސް މާކެޓާސް ފޯރަމް: މިހާރަށް ވަރަށް މުހިންމު

Jan 21, 2018
1

ޓޫރިޒަމް ފުޅާވެ ޕްރޮޕަޑީތައް ގިނަ ވެއްޖެ އެވެ. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާވުން ވެގެން ދިއުމާއެކު އެންމެ ބޮޑު މައްސަލައެއް ދިމާވެގެންދަނީ މާކެޓު ކުރުމަށެވެ. މިކަމަށް ބަލާއިރު އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާކެޓިން އުކުޅުތައް ނޭނގުމެވެ. އެންމެ މިކަމަށް ގޮތްކެއް ހޯދައި ދިނުމަށް މިވަނީ މޯލްޑިވްސް މާކެޓާސް ފޯރަމްގެ ނަމުގައި ހާއްސަ ފޯރަމެއް ރާވާފަ އެވެ.

ޓޫރިޒަމާއި ވިޔަފާރި ހަބަރުތައް ގެނެސްދޭ، ކޯޕަރޭޓް މޯލްޑިވްސްގެ، ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން އިންތިޒާމު ކުރާ ފޯރަމް އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބިލަބޮންގް ސްކޫލްގަ އެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި މާކެޓާސް ފޯރަމްއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ލީޑަރުންނާއި މާކެޓިންގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވާ ހާއްސަ ބައްދަލުވުމެކެވެ. މި ފޯރަމްގައި ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާ ކުރުންވެސް އޮންނާނެ އެވެ. މި ފޯރަމް ތިން ބަޔަކަށް ވަނީ ބަހާލާފަ އެވެ. އެ ބައިތަކަކީ މާކެޓް ކުރުމުގެ އުސޫލުތަކާއި ޓެކްނޮލޮޖީ އަދި ސައިކޮލޮޖީ ފަދަ ބައިތއް ހިމެނެ އެވެ.

ފޯރަމްގެ ތަޖުރިބާކާރުން

- ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ތަޖުރިބާކާރު ޕަރަސަންނަ ޕެރޭރާ
- ކޮލަމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ޔޮޝިނީ ކޮރޭސީ
- ތިންކުގެ ސީއީއޯ، އަދީލް އިސްމާއިލް
- ސްމޯލް މޯލްޑިވްސް އައިލެންޑްގެ އިންޓަނޭޝަނަލް ސޭލްސްގެ ޑިރެކްޓަރު، އަބްދުﷲ ނަބީލް
- ދިރާގުގެ ޗީފް މާކެޓިން އޮފިސަރު، އިޒަބެލް ހަޖްރީ
- ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު
- އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް