ހަބަރު

ޔަމަނު ހަނގުރާމައިގެ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު ސައުދީއަށް

ޔަމަނު ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އޯގަނައިޒޭޝަން އޮގް އިސްލާމިކް ކޯޕަރޭޝަނުން ބައްވާ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގެ ބަނދަރުމަތީ ރަށް ޖިއްދާއަށް ވަޑައިގެންނެވުމަށް މިނިސްޓަރު ފުރާވަޑައިގެންނެވީ އިއްޔެއެވެ. އޯައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް އޭނާގެ އަރިހުގައި ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަބުދުﷲ ހަމީދާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވީދު ފައިޒަލާއި އެ މިނިސްޓްރީގެ ޑިރެކްޓަރު ޝާހިޔާ އަލިމަނިކެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯއައިސީގެ ފޮރިން މިނިސްޓަރުން ޖިއްދާގައި ބާއްވާ ބައްދަލުވުމަކީ ޔަމަނުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ބާއްވާ ބައްދަލުވުމެއް ކަަމަށެވެ. އަދި ބުނީ ޔަމަނުގެ ހޫސީ ހަނގުރާމަވެރިން ހުކުރުދުވަހު ސައުދީއަށް ބެލިސްޓިކް މިސައިލް ހަމަލާއެއްދޭން އުޅުނު މައްސަަލައާ މެދު، ބައްދަލުވުމުގައި ވަކިން ހާއްސަކޮށް މަޝްވަރާކުރަން ހަމަޖެހިފަައިވާ ކަމަާށެވެ.

ޖިއްދާއިންް މިނިސްޓަރު ދެން ވަޑައިގަންނަވާނީ އެމެރިކާގެ ނިއުޔޯކަށެވެ.