ހަބަރު

ފުލުސް މީހާއަށް ހަމަލަދިނުމުގެ ތުހުމަތަށް ހަޔަރު ކުރި މީހުންގެ އަދަދު ނުވައަކަށް އަރައިފި

May 6, 2015

މިދިއަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހަކު ވައްޓާލައިގެން އަނިޔާ ކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ އަދަދު ނުވައަކަށް އަރައިފި އެވެ.

ފުލުހުން މިއަދު ބުނީ ނުވަނަ މީހަކު ހައްޔަރުކޮށްފައިވަނީ ރޭގައި ކަމަށެވެ.  

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޒުވާން އަންހެނަކު ވެސް ހިމެނޭ އިރު އީގަލްސްގެ ގޯލް ކީޕަރު އިބްރާހިމް ލަބާން ޝަރީފު ވެސް ހިމެނެ އެވެ. ލަބާން އަކީ ފުލުސް މީހާ ވައްޓާލި ކަމަށް ތުހުމަތު ކުރާ މީހާ އެވެ.