ހަބަރު

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

May 6, 2015

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު ‏‏އިބްރާހީމް، ‏ޕާކިސްތާނަށް ‏ކުރައްވާ ރަސްމީ ދަތުރުފުޅު މިއަދު ހެނދުނު ފައްޓަވައިފި އެވެ.‏

މާދަމާގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ‏‏މި ދަތުރުފުޅުގައި، ‏ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިނާއި، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ‏‏ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ‏ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ‏‏ބެހޭގޮތުން މަޝްވަރާކޮށް ދެއުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާނެ އެވެ.‏

މީގެއިތުރުން، ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ‏‏‏ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެގައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ‏‏‏ހަމަޖެހިފައެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގަތީ، މި ދަތުރުފުޅަށް ‏‏ޕާކިސްތާން ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާ ބޯޓެއްގައެވެ.‏