ވިޔަފާރި

އެޗްޑީސީ ޗެއާމަނަކަށް ޝާހިދު

Jan 24, 2018
2

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަނަކަށް، ބަރެސްދޫ މަޝްހޫރު ހިންގާ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އައްޔަން ކޮށްފި އެވެ.

ކުރިން ވެސް އެޗްޑީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި، ޝާހިދު އެޗުޑީސީގެ ޗެއާމަންގެ މަގާމު ދެއްވިރު، އެެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މުހައްމަދު ސައިމަން އެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވިއިރު، ސަރުކާރުން ދަނީ ކުންފުނިތަކުގެ ބޯޑަށް ބޮޑު ބަދަލެއް ގެންނަމުންނެވެ. މިގޮތުން ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.